logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް 277 މައްސަލަ ހުށަހެޅި

ނުހާ އަޙްމަދު
29 އޯގަސްޓު 2025 - 11:18
މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް 277 މައްސަލަ ހުށަހެޅި

މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް 277 މައްސަލަ ހުށަހަޅާފައިވާކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

ރާއްޖޭގެ ވަޒީފާގެ މައްސަލަތައް ބެލުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށެވެ. އެ ޓްރައިބިއުނަލްގެ އޮޑިޓް ރިޕޯޓުގައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު 277 މައްސަލަ ޓްރައިބިއުނަލް ހުށަހަޅާފައިވެއެވެ. އޭގެ ކުރީ އަހަރު 200 މައްސަލަ ހުށަހެޅިއިރު މިއީ 38.5 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓްރައިބިއުނަލަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން މިދިޔަ އަހަރު 273 މައްސަލަ ބަލާ ގޮތް ނިންމާފައިވެއެވެ. ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އޮޑިޓް ރިޕޯޓުތަކުން އެނގޭ ގޮތުގައި، 2023 ވަނަ އަހަރު 280 މައްސަލަ އެއް ވަނީ ނިންމާފައެވެ. މިއީ 2.5 އިންސައްތައިގެ ދަށް ވުމެކެވެ.

މިވޭތުވެ ދިޔަ އަހަރުތަކުގައި ހުށެހެޅިފައިވާ މައްސަލަ ތަކުގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް ގޮތެއް ނުނިންމި 244 މައްސަލަ އޮތް ކަމަށް އޯޑިޓް ރިޕޯޓުން ދައްކައެވެ. މީގެ ތެރޭގައި 2023 ވަނަ އަހަރު ހުށަހެޅުނު މައްސަލަތައް ވެސް ހިމެނޭކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ. އެ އަހަރު ގޮތެއް ނުނިމި އޮތީ 124 މައްސަލައިގައި ކަމަށް ވެސް އޮޑިޓް ރިޕޯޓުން ދައްކައެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ހެދި ކޮމްޕްލަޔަންސް އޮޑިޓުގައި މާލީ ކަންކަންވެސް ހިމަނާފައިވެއެވެ. އެ އޮފީހުން ބުނީ މިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްއިން ހަރަދުތައް ކޮށްފައިވަނީ ކަނޑައެޅިފައިވާ ބަޖެޓާއި އެއްގޮތަށް ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ، ވަޒީފާގެ މާހައުލުގައި، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އުފެދޭ މައްސަލަތަކާއި، ވަޒީފާއާބެހޭ ގާނޫނާއި އެހެންވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމެއްގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބެލުމަށް ކަނޑައަޅާފައިވާ މައްސަލަތައް ވީހާވެސް އަވަހަށް، ބެލުމުގެ މަގްސަދުގައި އުފައްދާފައިވާ މުއައްސަސާއެކެވެ.

ވަޒީފާއާއިބެހޭ ޓްރައިބިއުނަލްއަށް މެންބަރުން އައްޔަން ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ޖުމްލަ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ޓްރައިބިއުނަލުގައި އިދާރީ ހިންގުމަށް ރައީސެއް އަދި ނައިބު ރައީސެއް އައްޔަންކޮށްފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑިޓް އޮފީހަށް 134.2 މިލިޔަންގެ ބަޖެޓެއް ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންއަންނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅީ 143 މިލިޔަންގެ ބަޖެޓެއްޚަބަރު | 10 ދުވަސް ކުރިންމިދިޔަ އަހަރު ވަޒީފާއާއި ބެހޭ ޓްރައިބިއުނަލް އަށް 277 މައްސަލަ ހުށަހެޅިޚަބަރު | 2 މަސް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | 3 މަސް ކުރިން