logo
MPL

MPL

ޚަބަރު

އޮޑިޓް އޮފީހަށް އަންނަ އަހަރު 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފި

އަޙުމަދު ރަމީޒު
14 އޮކްޓޯބަރު 2026 - 05:33
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ
އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ

އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި ގޮތަށް އަންނަ އަހަރު އެ އޮފީހަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މަޖިލީހަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

މި ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ ހިމަނާފައިވާއިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 43.5 މިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

މާލިއްޔަތު ކޮމިޓީއަށް ބަޖެޓު ހުށަހަޅުއްވާ އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވީ އަންނަ އަހަރު އެ އޮފީހުން 394 އޮޑިޓު ކުރަން ނިންމާފައިވާ ކަމަށެވެ.

އޮޑިޓް އޮފީހަށް މި އަހަރަށް ކަނޑައެޅީ 134 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮޑިޓް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓުގެ ކުރިން ފާސްކުރަންޖެހޭ ގޮތަށް ހަމަޖެހިފައި އޮންނަ ބަޖެޓެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޑިޓް އޮފީހަށް އަންނަ އަހަރު 133 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންއޮޑިޓަރ ޖެނެރަލް އޮފީހުގެ އައު އިމާރާތުގެ މަސައްކަތުގެ %50 ނިމިއްޖެޚަބަރު | ދުވަހެއް ކުރިންއޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ފައިސާ ގެއްލުނު މައްސަލާގައި ވަޒީފާއިން ވަކިކުރުން ހައިކޯޓުން ދަމަހައްޓައިފިކޯޓް ރޫމް | 21 ދުވަސް ކުރިންއޮޑިޓަރ ޖެނެރަލް ނިޔާޒީ ތިލަފުށީ ކުނި މެނޭޖްކުރާ މަރުކަޒަށް ޚަބަރު | 2 މަސް ކުރިން