logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި އެމްޔޫ މަނިކު ކުރެއްވި މަސައްކަތަށް ތައުރީފު ހައްގު: ރައީސް

ޢައްފާން މުޙައްމަދު
30 އޯގަސްޓު 2025 - 04:23
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު --
ނިޝާން މުލީގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުޙައްމަދު އުމަރު މަނިކު --

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރައި ދިޔުމުގައި ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއް ފަހުން، މެލޭޝިޔާގެ ހޮސްޕިޓަލެއްގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް އެމްޔޫ މަނިކު ނިޔާވުމާ ގުޅިގެން، ތައުޒިޔާ ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަނިކު އަވަހާރަވީ ސިންގަޕޫރު ގަޑިން 6:30 ގައި، އެ ގައުމުގެ މައުންޓު އެލިޒަބަތު ހޮސްޕިޓަލުގައެވެ.

ރައީސް ވިދާޅުވީ، މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާއެކުގައިކަމަށެވެ.

ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަން ރައީސްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި މަނިކުގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުމަށާއި މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވެސް ވަނީ މަނިކު އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ޕޯސްޓެއް ކުރައްވާފައެވެ.

އުމުރުފުޅުން 78 އަހަރުގައި މަނިކު އަވަހާރަވި އިރު، އަނބިކަނބަލަކާއި ދެ ދަރިކަލުން ދުނިޔޭގައި އެބަ ތިއްބެވި އެވެ.

އެމްޔޫ މަނިކަކީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ އިސް ބާނީންގެ ތެރެއިން ބޭފުޅެކެވެ. 1971 ވަނަ އަހަރު އިޓަލީގެ ޓުއާ އޭޖެންޓް ޖޯޖް ކޯބިންއާ އެކު ރާއްޖެއަށް ފުރަތަމަ ޓޫރިސްޓުން ގެނައުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއެވެ. އަދި 1972 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ ވިލެޖް ތަރައްގީކުރުމުގައާއި، އެތަނުގެ ފުޑް އެންޑް ބެވަރޭޖް ޑިޕާޓްމަންޓް މެނޭޖުކުރެއްވުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

އެމަނިކުފާނު ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ، 5 ޖޫން 1971 ގައެވެ.

މީގެ އިތުރުން މުޙައްމަދު އުމަރު މަނިކު ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި އޭނާ އަށް ވަނީ 2011 ވަނަ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އަރުފާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސާކްގެ ސެކްރެޓަރީ ޖެނެރަލް، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޒިޔާރަތް ކުރައްވައިފިޚަބަރު | 9 ގަޑިއިރު ކުރިންސިންގަޕޫރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | ދުވަހެއް ކުރިންބައިނަލްއަގުވާމީ ފެންވަރުގެ ސްޓޭޑިއަމްއަކާ އެކު، ފުޓްސަލް ދަނޑުތައް ހިމެނޭ އިމާރާތެއް އަޅަނީޚަބަރު | 2 ދުވަސް ކުރިން''ޤައުމު ހަލަބޮލިކޮށް، ހަމަނުޖެހުން އުފައްދައިފިނަމަ އިޤްތިޞާދު ބޮޑު އަދަވަޅަކަށް ވެއްޓި، ތަކުލީފު މުޅި ރައްޔިތުންނަށް''ރިޕޯޓް | 3 ދުވަސް ކުރިން