logo
MPL

MPL

ޚަބަރު

ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީ

ޢައްފާން މުޙައްމަދު
30 އޯގަސްޓު 2025 - 05:18
ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަނީ

ރާއްޖޭގެ ރިސޯޓެއްގައި ނިޔާވި ދިވެހި ޒުވާނެއްގެ ހަށިގަނޑު އޮޓޮޕްސީ ހަދަން ނިންމައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ބ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި 21 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ މައްސަލައެއް މި މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ފެންމަތިވެފައި ވަނީ، ބ. އަތޮޅު ނޮޓިލަސް ރިސޯޓުގައެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލައި، މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހެދުމަށް، މި މައްސަލަ ތަހުގީގުކުރާ ޓީމުން ނިންމާފައިވާކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މަރުވި ޒުވާނާގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވަން ނިންމާފައި ވަނީ ސެޕްޓެމްބަރު 2، ގަ އެވެ. އޭނާގެ ހަށިގަނޑު އޮޓޮޕްސީއަށްފަހު އަނބުރާ ރާއްޖެ ގެނައުމަށް ނިންމާފައި ވަނީ ސެޕްޓެމްބަރު 7 ގަ އެވެ.

އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ވެސް، މީޑިއާތަކަށް ފޮނުވި މެސެޖުގައި ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ރިސޯޓުތަކުގައި މީގެކުރިން ވެސް މިފަދަ މަރުގެ މައްސަލަތައް ހިނގާފައިވާއިރު، އެ މަރުތަކުގެ ސަބަބު ދެނެގަތުމަށްޓަކައި އޮޓޮޕްސީ ހަދާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާކް ކޮށްފައި އޮތް ޕިކަޕެެއްގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑުޚަބަރު | 6 ދުވަސް ކުރިންނަތީޖާ ނެރެންވީ ބާރަކުން ނޫން، އިލްމީ ދިރާސާތަކުގެ މައްޗަށް: ސީޕީޚަބަރު | 6 ދުވަސް ކުރިންފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނަށް މުޢާމަލާތުކުރުމުގެ ހުނަރު ތަރައްގީކުރުމުގެ ވޯކްޝޮޕެއް ބާއްވައިފިޚަބަރު | 8 ދުވަސް ކުރިންކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކޮށްފިޚަބަރު | 13 ދުވަސް ކުރިން