logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ތަރައްގީގައި އިންޖިނޭރުން އަދާކޮށްފައިވާ ހިއްސާ މިހާތަނަށް ފާހަގަކޮށްފައެއްނުވޭ: ވަޒީރު

އާމިނަތު ޝަފާ
31 އޯގަސްޓު 2025 - 06:16
ރާއްޖޭގެ ތަރައްގީގައި އިންޖިނޭރުން އަދާކޮށްފައިވާ ހިއްސާ މިހާތަނަށް ފާހަގަކޮށްފައެއްނުވޭ: ވަޒީރު

ރާއްޖޭގެ ތަރައްގީގައި އިންޖިނޭރުން އަދާކޮށްފައިވާ ހިއްސާ މިހާތަނަށް ފާހަގަކޮށްފައިނުވާކަމަށާއި އެހެންނަމަވެސް މި ސަރުކާރުން ހުރިހާ ރޮނގެއްގައި މަސައްކަތްކުރާ އިންޖިނޭރުންގެ އަގު ވަޒަންކުރައްވާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އިންޖިނޭރުން ޤައުމަށް ކޮށްދެއްވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑް، ސަރުކާރުން ދެއްވަން ފައްޓަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު ރާއްޖޭގައި ފާހަގަކުރި ފުރަތަމަ އިންޖިނޭރުންގެ ދުވަހާއި ގުޅިގެން ދެއްވި ވީޑިއޯ މެސެޖުގައި ވަޒީރު ވިދާޅުވީ މިކަހަލަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ޤައުމު ބިނާކޮށް ތަރައްޤީކުރުމުގައި އިންޖިނޭރުންގެ ދައުރު ފާހަގަކުރުންކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ތަރައްގީގައި އިންޖިނޭރުން އަދާކޮށްފައިވާ ހިއްސާ މިހާތަނަށް ފާހަގަކޮށްފައިނުވާއިރު މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ހުރިހާ ރޮނގެއްގައި މަސައްކަތްކުރާ އިންޖިނޭރުންގެ އަގު ވަޒަންކުރުން.އާއްމުންނާ ސްކޫލް ދަރިވަރުންގެ މެދުގައި މީގެ ޝައުގުވެރިކަން އުފައްދާ، މި ދާއިރާއަށް ގިނަ ބަޔަކު ނެރެން ބޭނުންވޭ. އިންޖިނޭރުންނަކީ އެކި ދާއިރާތަކުގައި ޚިދުމަތް ކުރެވޭނެ ބައެއް. އެ ޙިއްސާ ސަރުކާރުން ފާހަގަކޮށް، ކުރިއަށްދާން ބޭނުންވަނީ." އިމާރާތްކުރުމާ ބެހެ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބް

ރާއްޖެ ތަރައްގީވެގެންދާއިރު، މިފަދަ ދުވަހެއް ގައުމީ ފެންވަރުގައި ފާހަގަކުރުންވެގެންދަނީ، މި ދާއިރާއަށް ދިވެހިން އިތުކުރުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް އަދި ފުރުސަތަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ، ޤައުމީ ފެންވަރުގައި ފާހަގަކުރާ، "ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮ އަގެއްގައި ގެއެއް ގަނެވޭނެ މަގު ފަހިކޮށް، އާއިލީ ބޯހިޔާވަހިކަމަށް އިސްކަމެއްޚަބަރު | 22 ދުވަސް ކުރިންބޯހިޔާވަހިކަމަކީ މުއްސަނދިކަން އިތުރުކުރުމުގެ ވަސީލަތެއް ނޫން: ވަޒީރު ޑރ. މުއްޠަލިބުޚަބަރު | 2 މަސް ކުރިންބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަންގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެޚަބަރު | 2 މަސް ކުރިންމިއަހަރު 12 ހާހެއްހައި ފްލެޓުގެ މަސައްކަތް ކުރާނެޚަބަރު | 2 މަސް ކުރިން