logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރު 12 ހާހެއްހައި ފްލެޓުގެ މަސައްކަތް ކުރާނެ

އިސްމާޢިލް ރާތިޢު
21 ޖެނުއަރީ 2026 - 04:46
ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ ހިޔާ ފެލްޓްތައް
ހުޅުމާލޭ ފޭސް 2 ގައި ޤާއިމުކޮށްފައިވާ ހިޔާ ފެލްޓްތައް

މިއަހަރުގެ ތެރޭގައި 12 ހާހެއްހާ ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައު ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގައި ހިމެނެނީ ވިލިމާލޭގައި ތަރައްޤީކުރާ 312 ހައުސިންގ ޔުނިޓާއި، ހުޅުމާލެ ފޭސް 1 ގައި ތަރައްޤީކުރާ 546 ޔުނިޓާއި ހުޅުމާލެ ފޭސް 3 ގައި ތަރައްޤީކުރާ 2414 ޔުނިޓްކަމަށެވެ.

ވަޒީރު ވިދާޅުވީ މީގެތެރޭގައި ހިމެނޭ ފުރަތަމަ މަޝްރޫޢުގެ މަސައްކަތް، މިމަހު ފަށާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވަނީ، ރާއްޖޭގެ ބޭންކުތަކުގެ އެހީގައި މި މަޝްރޫޢު ކުރިއަށްގެންދާ ސަބަބު ހިއްސާކުރައްވާފައެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން ބޭރުގެ ލޯނުތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވިކަމަށެވެ. އެހެންކަމުން، ރާއްޖޭގެ ބޭންކުތަކުގެ އެހީގައި މަޝްރޫޢު ކުރިއަށް ގެންދަން ނިންމެވީކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ބީއެމްއެލްއާ ހަވާލުކޮށްގެން 3272 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ ޕްރޮޖެކްޓެއް ފަށާފައެވެ. ކުރިން ހަވާލުކުރީ 3000 ޔުނިޓް ތަރައްޤީކުރުމަށް ނަމަވެސް، ފަހުން މި ޢަދަދު ވަނީ ބޮޑުކޮށްފައެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ މިންގަޑުތަކުގެ ދަށުން، ސަރުކާރުން ކަނޑައަޅާ ހެޔޮ އަގުތަކެއްގައި އަތްފޯރާފަށުގައި ރައްޔިތުންނަށް މި ތަންތަން ލިބޭނެ މަގު ފަހިކުރުމުގެ މަޤްޞަދުގައި، ބީއެމްއެލްއަށް މިކަމަށްޓަކާ ސަރުކާރުން ހިލޭ ބިން ހަމަޖައްސައިދިނުމުގެ އިތުރުން އަދިވެސް އެހެނިހެން ލުއިތައް ދީފައިވާކަމަށެވެ.

މީގެ އިތުރުން މިއީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޢަމަލީ މަސައްކަތް ފަށާ މަޝްރޫޢުކަމަށެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްތެރޭ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްފަހު، ސަރުކާރުގެ އަމާޒަކީ 2 އަހަރުތެރޭގައި މި ފްލެޓްތަކުގައި މީހުން ދިރިއުޅެން ދޫކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ހަމަމިއާއެކު އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 4000 ޔުނިޓް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލެޓްތައް ތަރައްޤީކުރާނީ ގުޅިފަޅުގައިކަމަށާއި އެކަމާ ގުޅޭ ލިޔެކިޔުންތަކުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެކަމުގެ ޢަމަލީ މަސައްކަތް އަހަރުގެ މެދުތެރޭގައި ފެށޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އެއްވެސް އިންޓްރެސްޓަކާ ނުލާ ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖެއަށް ދޭ ލޯނުގެ ދަށުން، 500 ޔުނިޓް ތަރައްޤީކުރުމާއި ގުޅޭ މަސައްކަތްތައްވެސް ކުރިއަށްދާކަމަށެވެ.

ހުޅުމާލޭގައި 400 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަޢުދީ ފަންޑުގެ އެހީވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ހުޅުމާލޭގައެވެ.

ވަޒީރު ވިދާޅުވީ ބޭރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގައިވެސް، ސަރުކާރުގެ ޢަމާޒަކީ މި ވެރިކަމުގެ ތެރޭގައި އެތަންތަން ހަވާލުކުރުންކަމަށެވެ. އަދި ދިރިއުޅެން ވަދެވޭވަރަށް މަސައްކަތް ނުނިމުނުނަމަވެސް، ރައްޔިތުންނަށް ޔަގީންކަން ލިބޭވަރަށް އަދި އެތަން ލިބުނު ފަރާތަށް ޤާނުނީގޮތުން ކަށަވަރުވާވަރަށް މަސައްކަތްތައް ނިންމާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަންގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެޚަބަރު | ގަޑިއިރެއް ކުރިންމިއަހަރު 12 ހާހެއްހައި ފްލެޓުގެ މަސައްކަތް ކުރާނެޚަބަރު | 2 ގަޑިއިރު ކުރިންގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 9 ދުވަސް ކުރިން