logo
Bank of Maldives

Bank of Maldives

ޚަބަރު

ބޯހިޔާވަހިކަން އެންމެނަށް: ފޯމުތަކުގެ ވެރިފިކޭޝަންގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެ

އިސްމާޢިލް ރާތިޢު
21 ޖެނުއަރީ 2026 - 05:21
ވަޒީރު ޑރ މުއްޠަލިބް
ވަޒީރު ޑރ މުއްޠަލިބް

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިހާތަނަށް 877 ފޯމު ހުށަހަޅާފައިވާކަމަށާއި ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" މި ސިޔާސަތާއި ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަން އެންމެނަށް، ސިޔާސަތުގެ ދަށުން މިހާތަނަށް ޖުމްލަ 877 އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ ވާކަމަށެވެ. އޭގެތެރޭގައި ގޯއްޗަށް އެދި 221 ފަރާތަކުން ހުށަހަޅާފައިވާއިރު ފްލެޓަށް އެދި 416 ފަރާތަކުން ހުށަހަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޑްރާފްޓު ސްޓޭޖުގައި 5599 ފަރާތެއްގެ ފޯމް އޮތްކަމަށް ތަފާސްހސާބުތަކުން ދައްކާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގައި އަވަހަށް އެޕްލައިކުރުމަކީ މުހިންމުކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު، ރަނގަޅަށް ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް އިސްކަންދެއްވުން މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. އެއާއެކު، ނުބައި މަޢުލޫމާތާއެކު ފޯމު ފުރުމާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުން ފޯމު ހުށަހެޅުންފަދަ ކަންކަން ނުކުރުމަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.

ބޯހިޔާވަހިކަން އެންމެނަށް، މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެއިތުރުން، ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

ގޯތި ދޫކުރުމުގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެއެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ޚާއްޞަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުޞަތު މިސްކީމުގެ ދަށުން ލިބިގެންދާނެއެވެ.

"ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމް އިޢުލާނު ކުރީ، މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ސްކީމުގައި ގޯތި އަދި ފްލެޓް ދޫކުރުމުގެ އުސޫލުވެސް ވަނީ ޢާންމުކޮށްފައެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ އަންނަ މާރިޗު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފެލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޯއްޗާއި ފްލެޓަށް އެދުނު ފަރާތްތަކަށް ބޮޑު ލުޔެއް، މައްސަލަ ހައްލުކުރަން ދިން މުއްދަތު އިތުރުކޮށްދީފިޚަބަރު | މަހެއް ކުރިންމާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު: ފްލެޓު ލިސްޓު ޑިސެމްބަރުގައި، ތަންތަން ހަވާލުކުރަނީ 2028 ގެ އޯގަސްޓްގައިޚަބަރު | މަހެއް ކުރިން އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމްގެ ދަށުން 1000 ހައުސިންގ ޔުނިޓު އެޅުމަށް ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި މީހުންގެ ކްރޮސް ވެރިފިކޭޝަން ފަށައިފިޚަބަރު | 3 މަސް ކުރިން