logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފި

އަޙްމަދު ޒަލީފް
31 އޯގަސްޓު 2025 - 09:21
ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފި

އަސްކަރީ ޚިދުމަތުގައި 37 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރކުރައްވައިފިއެވެ.

އަހުމަދު ނަޝީދު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ޚާއްޞަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރެއްވިއިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލް އަދި އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމުގައެވެ.

ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުގެ ދިގު އަސްކަރީ ޚިދުމަތުގައި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް (ޖޭ4/ޖޭ8)ގެ ޑައިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް (ޖޭ4) ގެ ޕްރިންސިޕަލް ޑައިރެކްޓަރގެ މަޤާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑަރގެ މަޤާމާއި ކޮމާންޑިންގ އޮފިސަރގެ މަޤާމާއި ކުއާޓަރ މާސްޓަރ ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި، ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި ސަޕްލައި ޔުނިޓުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމާއި އޮފިސަރ ކޮމާންޑިންގގެ މަޤާމު އަދި އޮފިސަރ ކޮމާންޑިންގގެ އެހީތެރިޔާގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި އިޚްލާޞްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙްމަދު ނަޝީދުއާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފިޚަބަރު | 17 ދުވަސް ކުރިންމިނިވަން ދުވަހުގެ މުނާސަބަތުގައި، ސިފައިންނާއި ފުލުހުންނާ ރައީސް ބައްދަލުކުރައްވައިފިޚަބަރު | 2 މަސް ކުރިންހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފިޚަބަރު | 4 މަސް ކުރިންދިފާޢީ ބާރު ވަރުގަދަ ކުރުމަކީ ލަދުގަންނަން ޖެހޭ ކަމެއް ނޫން، އެއީ ފަޚްރުވެރިކަމާ އެކީ ކުރަންޖެހޭ ކަމެއް: ރައީސްޚަބަރު | 5 މަސް ކުރިން