logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

މެސީއަށް ތަށި ގެއްލުމާއެކު ކުންގފޫ މެޗަކަށް ބަދަލުވެ، ކުޅުޖަހައި ތަޅައިގަނެފި

އަބްދުﷲ ޣާނިމް
1 ސެޕްޓެމްބަރު 2025 - 04:04
މެޗަށްފަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން
މެޗަށްފަހު ހިނގި ހަމަނުޖެހުމުގެ ތެރެއިން

ލީގްސް ކަޕްގެ ފައިނަލްގައި ސިއެޓަލް ސައުންޑާސް އިންޓަރ މަޔާމީ 3-0 ބަލިކޮށް، ފުރަތަމަ ފަހަރަށް ލީގްސް ކަޕް ކާމިޔާބުކޮށްފިއެވެ. މިއާއެކު މެޗު ނިމުމާއެކު އިންޓަރ މަޔާމީގެ ފޯވާޑް ލުއިސް ސުއާރެޒް ވަނީ ބޮޑު ހަމަނުޖެހުމެއް ހިންގާފައެވެ.

މެޗު ނިމި ސައުންޑާސްގެ ކުޅުންތެރިން ކާމިޔާބީ ފާހަގަކުރަމުންދަނިކޮށް، ސުއާރެޒް ވަނީ އޯބެޑް ވާގަސްގެ ކަރުގައި ހިފައި، އޭނާގެ ބޮލުގައި ތަޅައި ހަމަނުޖެހުން ފަށައިގަތެވެ. މި ހާދިސާއާ ގުޅިގެން ދެ ޓީމުގެ ކުޅުންތެރިން އެއްވެ، ބޮޑު ހަމަނުޖެހުމެއް ހިނގައިގެންދިޔައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

 

މީގެއިތުރުން، ސުއާރެޒް ސައުންޑާސްގެ ސެކިއުރިޓީ މުވައްޒަފެއްގެ މޫނަށް ކުޅު ޖަހާފައިވާކަން ވީޑިއޯ ފުޓޭޖުން ފެންނަން އެބަހުއްޓެވެ. މި ހަމަނުޖެހުމުގައި މަޔާމީގެ ޑިފެންޑަރު މެކްސިމިލިއާނޯ ފަލްކޯން ވެސް ވަނީ ސައުންޑާސްގެ ކޯޑީ ބޭކަރުގެ ކަރުގައި ހިފައި އަނިޔާކޮށްފައެވެ.

ސައުންޑާސްގެ ކޯޗު ބްރަޔަން ޝްމެޓްޒަރ ވިދާޅުވީ މި ހަމަނުޖެހުން ހިނގައިދިޔަ ގޮތުން ސައުންޑާސްގެ ރީތި ކާމިޔާބަށް އަސަރުކުރާނެ ކަމަށެވެ. އަދި މަޔާމީގެ ކުޅުންތެރިން ފްރަސްޓްރޭޓްވެފައި ތިބިކަން އެއީ ސައުންޑާސްގެ ރަނގަޅު ޕަރފޯމަންސްގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.

މެޗުގައި ދެ ޓީމުން ވެސް ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މަޔާމީގެ ކުޅުންތެރިން ރެފްރީގެ ނިންމުންތަކާމެދު ހިތްހަމަނުޖެހި، ގިނަ ފަހަރު މަތިން ރެފްރީއާ ވާހަކަދައްކަން އުޅުނެވެ. މެޗުގައި ސައުންޑާސްއަށް 11 ފައުލް އަދި މަޔާމީއަށް 12 ފައުލް ލިބުނެވެ.

cropped_GettyImages-2233099888.jpg

ޝްމެޓްޒަރ އިތުރަށް ވިދާޅުވީ މެޗު ނިމުމަށްފަހު ހިނގި ހާދިސާތަކާމެދު ގޮތެއް ނިންމުމަށް ކޮމިޝަނަރ އަދި ކަމާބެހޭ ފަރާތްތަކަށް ދޫކޮށްލައްވާނެ ކަމަށެވެ. އަދި މެޗުގެ 90 މިނެޓުގައި އެ ޓީމުގެ ކުޅުންތެރިން ދެއްކި ރީތި ކުޅުމަށް އަސަރުކުރުވަން ބޭނުން ނުވާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސެމީރޯގެ ސޮއިހޯދުމަށް ރޮނާލްޑޯ އާއި މެސީގެ ގަދަހިފުމަކަށްކުޅިވަރު | 4 ގަޑިއިރު ކުރިންއުތުރުއެމެރިކާ ޗެންޕިއަންސް ލީގުގެ ފުރަތަމަ ބުރުން މެސީގެ މަޔާމީ ކަޓައިފިކުޅިވަރު | 13 ދުވަސް ކުރިންލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 4 މަސް ކުރިންގޯޓް މެސީ އެމެރިކާވެސް ފަތަޙަކޮށް، މަޔާމީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންކަން ހޯދައިފިކުޅިވަރު | 4 މަސް ކުރިން