ގޯޓް މެސީ އެމެރިކާވެސް ފަތަޙަކޮށް، މަޔާމީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންކަން ހޯދައިފި
7 ޑިސެމްބަރު 2025 - 03:45
.jpg&w=3840&q=75)
ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަންނަ ލިއޮނަލް މެސީ، އޭނާގެ ކެރިއަރުގައި އިތުރު ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ. މީގެ ތިން އަހަރުކުރިން އިންޓަރ މިއާމީއަށް ބަދަލުވުމަށްފަހު، އެ ޓީމާއެކު މެސީ ވަނީ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ކަޕްގެ ފައިނަލްގައި ވެންކޫވަރ ވައިޓްކެޕްސް 3-1 އިން ބަލިކޮށް، އެ ކްލަބްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފައެވެ. މިއީ އެމެރިކާގައި ފުޓްބޯޅައިގައި ދޭ އެންމެ ޝަރަފުވެރި ތަށްޓެވެ.
2018 ގައި ޑޭވިޑް ބެކަމް އިސްވެ އުފައްދާފައިވާ އިންޓަރ މަޔާމީއަސް މެސީ ބަދަލުވުމުގެ ކުރިން އެޓީމަށް އެމެރިކާގައި މާބޮޑެތި ކާމިޔާބީތަކެއް ހާސިލް ކުރެވިފައެއް ނުވެއެވެ. އެހެންކަމުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅުކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ޤަބޫލުކުރާ މެސީ އެޓީމަށް ބަދަލުވީ ބޮޑެތި ޒިންމާތަކެއް ކޮނޑުގައިއއަޅައިގެން ބޮޑެތި އުއްމީދުތަކަކާއެކުގައެވެ. އަދި މިތަށްޓާއެކު މެސިއާއި ބެކަމްގެ އެ އުއްމީދުތައްވެސް ހާސިލްވެގެންދިޔައީއެވެ.

Ad by Hajj Corporation
މެސީގެ ކެރިއަރު ނިމޭއިރު ވެގެންދާނީ މިހާތަނަށް ފުޓްބޯޅައިގައި އުފެދުނު އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި
މިމެޗުގައި އެންމެފުރަތަމަ ގޯލު މަޔާމީއިން ކާމިޔާބުކުރީ މެސީ ތަނަވަސްކޮސްދިން ފުރުސަތެއް ގޯލަށް ޖަހަން އުޅެނިކޮށް އިނދިކޮޅު ކުޅުންތެރިއެއް ގައިގައިޖެހިގެންނެވެ. ނަމަވެސް ދެވަނަ ހާފުގެ ވެންކޫވާއިން ކުލުން ރަނގަޅުކޮށް 60 ވަނަ މިނެޓުގައި މެޗު އެއްވަރުކުރިއެވެ. ނަމަވެސް އެތީމުން ކުރިޔަށް އަރައި ކުޅުމުގެ ނަތީޖާއަކަސްވީ މެސީ އޭގެ ފައިދާނަގައި ޑިޕޯލްއަށް ދިން ރީތި އެސިސްޓަކުން ދެވަަނަ ފަހަރަށް ލީޑުހޯދުމެވެ. މިގޯލާއެކު މެޗުގެ އޮއިވަރު ބަދލުވެގެންދިޔައިރު، މަޔާމީގެ ފަހުގޯލަކީވެސް މެސީގެ އެސިސްޓަކުން ކާމިޔާބުކުރި ގޯލެކެވެ. މިގޯލު ކާމިޔާބުކުރީ އިތުރުވަގުތުގެ ފަހު މިނެޓުތަކުގައި މެޗީ ދިން ޕާހަކުން ، އާޖެންޓީނާގެ ކުލުންތެރިޔާ އަލަންޑޭއެވެ.
މިމޮޅާއެކު އިންޓަރ މަޔާމީއަކީ އެމްއެލްއެސްގެ 30 އަހަރުގެ ތާރީޚުގައި ޗެމްޕިއަންކަން ހޯދި 16 ވަނަ ކްލަބެވެ. މި ކާމިޔާބީއާއެކު، މެސީގެ ކެރިއަރުގައި ޖުމްލަ 47 ތަށްޓެއްް މިހާތަނަށް ވަނީ ކާމިޔާބުކޮށްފައެވެ.
ފާހަގަކޮށްލެވޭ އަނެއްކަމަކީ މިމެޗަކީ ބާސެލޯނާގެ ދެޖެންޑުންކަމަށްވާ ބުސްކެޓް އަދި ޖޯޑީ އަލްބާގެ ކެރިއަރުގެ އެންމެ ފަހުމެޗެވެ. މިދެކުޅުންތެރިންވަނީ މި އަހަރު ނިމުމާއެކު ފުޓްބޯޅަކުޅުން ހުއްޓާލާނެކަް އިޢުލާނުކޮށްފައެވެ. އެހެންކަމުން މިއީ މިދެކުޅުންތެރިންގެ ރިޓަޔަމަންޓްގައި މެސީގެ ފަރާތުން ދިން ފޮނި ހަދިޔާއެކެވެ.


