logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިންޓަރ މަޔާމީއަށް ހޯދައިދިން ޗެންޕިއަންސް ކަޕާއެކު މެސީގެ ކެރިއަރުގައި ރެކޯޑް 48 ޓްރޮޕީ ހަމަކޮށްފި

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2026 - 07:03
އިންޓަރ މަޔާމީއަށް ހޯދައިދިން ޗެންޕިއަންސް ކަޕާއެކު މެސީގެ ކެރިއަރުގައި ރެކޯޑް 48 ޓްރޮޕީ ހަމަކޮށްފި

އިންޓަ މިއާމީއާ އެކު 2026 ވަނަ އަހަރުގެ ކެމްޕިއޯނެސް ކަޕް ކާމިޔާބުކޮށް، ލިއޮނަލް މެސީ އޭނާގެ ކެރިއަރުގެ 48 ވަނަ ތަށި ހޯދައި އަމިއްލަ ރެކޯޑު އިތުރަށް ވަރުގަދަކޮށްފިއެވެ. މި މުބާރާތުގެ ފައިނަލްގައި އިންޓަ މިއާމީން ވަނީ ކްރޫޒް އަޒުލްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

އުމުރުން 39 އަހަރުގެ މެސީ މިހާރު ވެފައިވަނީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚުގައި ވެސް އެންމެ ގިނަ ކާމިޔާބީތަކާއި ތަށިތައް ހޯދާފައިވާ ކުޅުންތެރިޔާއަށެވެ. ކްރޫޒް އަޒުލް ބަލިކުރުމަށްފަހު އުފުލައިލި މި ތަށްޓަކީ އިންޓަ މިއާމީގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ތަށްޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ އާޖެންޓީނާގެ ކެޕްޓަން ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރި ސްޕެއިންގެ އެފްސީ ބާސެލޯނާއަށް 35 ތަށި ކާމިޔާބުކޮށްދީފައެވެ. އަދި އާޖެންޓީނާގެ ގައުމީ ޓީމާއެކު އޭނާ ވަނީ ޖުމްލަ ހަ ތަށި ހޯދާފައެވެ.

ކެރިއަރުގެ މިހިސާބުގައި ވެސް މަތީ ފެންވަރުގައި ތަށިތައް ކާމިޔާބުކުރަމުން އަންނަ މެސީ ހޯދި މި ކާމިޔާބީއާއެކު، ފުޓްބޯޅައިގެ ތާރީޚުގައި އެއްވެސް ކުޅުންތެރިއަކަށް ނުހޯދޭ މިންވަރުގެ ބޮޑު ކާމިޔާބީއެއްގެ ރެކޯޑު އޭނާ ވަނީ ދަމަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންޓަރ މަޔާމީއަށް ހޯދައިދިން ޗެންޕިއަންސް ކަޕާއެކު މެސީގެ ކެރިއަރުގައި ރެކޯޑް 48 ޓްރޮޕީ ހަމަކޮށްފިކުޅިވަރު | ދުވަހެއް ކުރިން"މިފަހަރު ބެލަންޑޯ ލިބޭނީ މެސީއަށް" ކުޅިވަރު | 2 ދުވަސް ކުރިންގޯޓް މެސީ އާޖެންޓީނާގެ ޖޯޒީގައި ކުޅޭ އެންމެ ފަހުގެ މެޗަށް ނިކުންނަނީކުޅިވަރު | 2 ދުވަސް ކުރިންމެސީގެ ލަނޑާއެކުވެސް އިންޓަމަޔާމީ ބޮކި ޖަހާފަ އަޑިއަށްކުޅިވަރު | މަހެއް ކުރިން