"މިފަހަރު ބެލަންޑޯ ލިބޭނީ މެސީއަށް"
16 ސެޕްޓެމްބަރު 2026 - 05:14

2026 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލުކުރަން ޖެހޭނީ ލިއޮނެލް މެސީ ކަމަށާއި އެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް އެތުލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ. ސިމިއޯނީ މިހެން ބުނީ އުމުރުން 39 އަހަރުގައި މެސީ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމަށް އަލިއަޅުވާލަމުންނެވެ.
މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލަށް އާޖެންޓީނާ ދަތުރުކުރިއިރު، މުޅި މުބާރާތުގައި ވެސް މެސީ ވަނީ ނަތީޖާ ނެރެދޭ ފަދަ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ސްޕެއިން އަތުން އާޖެންޓީނާ ބަލިވި ނަމަވެސް، މިފަދަ އުމުރެއްގައި މެސީ ޓީމު ފައިނަލަށް ގެންގޮސްދިނުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ސިމިއޯނީ ވަނީ ފާހަގަކޮށްފައެވެ.

Ad by Hajj Corporation
ސިމިއޯނީ ބުނީ، "2026 ވަނަ އަހަރުގެ ބެލޮންޑިއޯ ލިބެންވާނީ ލިއޯ މެސީއަށް. އެއްވެސް ޝައްކެއް ނެތް،" ކަމަށެވެ. އަދި "އެ އުމުރުގައި އޭނާ ދެއްކި ވޯލްޑް ކަޕް ކުޅުމަށް ބަލާއިރު... އެއްވެސް ޝައްކެއް ނެތް،" ކަމަށް ވެސް ސިމިއޯނީ އިތުރަށް ބުންޏެވެ.
2026 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ލަންޑަންގައެވެ.


