logo
MPL

MPL

ކުޅިވަރު

ލިއޮނަލް މެސީގެ ބައްޕަ ބަލިވެ އުޅުމަށްފަހު ނިޔާވެއްޖެ

އަބްދުﷲ ޣާނިމް
9 އޯގަސްޓު 2026 - 04:00
ލިއޮނަލް މެސީގެ ބައްޕަ ބަލިވެ އުޅުމަށްފަހު ނިޔާވެއްޖެ

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ބައްޕަ، ޖޯޖް މެސީ، އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ އާޖެންޓީނާގެ ރޮސާރިއޯ ސިޓީގެ މެޑިކަލް ކްލިނިކެއްގައި ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހުގައެވެ.

ޖޯޖްގެ މަރުގެ ޚަބަރު އާއިލާއިން ކަށަވަރުކޮށްދީފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. އޭނާގެ ފަހު ދުވަސްތައް ހޭދަކޮށްފައިވަނީ ރޮސާރިއޯގެ މެޑިކަލް ސެންޓަރާއި އޭނާގެ ގޭގައެވެ. އެ ވަގުތުތަކުގައި އޭނާގެ އަނބިމީހާ ސެލިއާ އާއި ދަރިން ކަމަށްވާ ރޮޑްރިގޯ، މަތިއަސް އަދި މާރިއާ ސޮލް އޭނާގެ ކައިރީގައި ތިބި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިއޮނަލް މެސީ ވަނީ އުތުރު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕަށްފަހު، އޭނާގެ ކްލަބް އިންޓަ މިއާމީއާ އަލުން ގުޅުމުގެ ކުރިން ބައްޕައާއެކު ވަގުތު ހޭދަކޮށްފައެވެ. މެސީ އަލުން ކުޅުމަށް އެނބުރި އައީ މީގެ ހަފްތާއެއް ކުރިންނެވެ. ނަމަވެސް ބައްޕަގެ ވަކިވުމާ ގުޅިގެން، ބައްޕައަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި މިއާމީން ފުރައިގެން ހޮނިހިރު ދުވަހު އޭނާ ރޮސާރިއޯއަށް ދާނެ ކަމަށް އާއިލާއާ ގާތް ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.

ޖޯޖް މެސީއަކީ ލިއޮނަލް މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކެވެ. ބާސެލޯނާގައި މެސީ ހޭދަކުރި ކުރީކޮޅުގެ އަހަރުތަކުން ފެށިގެން، ޖޯޖް ވަނީ މެސީގެ އެންމެ ބޮޑު އެހީތެރިޔާގެ ގޮތުގައި ހުރެފައެވެ. މީގެ އިތުރުން، ގިނަ އަހަރުތަކެއް ވަންދެން އޭނާ ވަނީ މެސީގެ އޭޖެންޓް ނުވަތަ މަންދޫބެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 2 ދުވަސް ކުރިންމެސީގެ އަލްވަދާޢު މެޗުގައި ބޮޑޫ ސްކޭމެއް ޖެއްސިކަމުގެ ތުހުމަތު އިނދިކޮޅު ޓީމުގެ ކޯޗުކޮށްފިކުޅިވަރު | 13 ދުވަސް ކުރިންސަޕޯޓަރުންތައް ރޮއްވާލުމަށްފަހު މެސީ ދެވަނަ ފަހަރަށް ޤައުމީ ޓީމުން ރިޓަޔަރކޮށްފިކުޅިވަރު | 16 ދުވަސް ކުރިންމެސީގެ ހަނދާނުގައި 10 ނަންބަރު ރިޓަޔަރކުރުން ފީފާއިން ހުރަސްއަޅައިފިކުޅިވަރު | 20 ދުވަސް ކުރިން