logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގޯޓް މެސީ އާޖެންޓީނާގެ ޖޯޒީގައި ކުޅޭ އެންމެ ފަހުގެ މެޗަށް ނިކުންނަނީ

އަބްދުﷲ ޣާނިމް
16 ސެޕްޓެމްބަރު 2026 - 05:06
ގޯޓް މެސީ އާޖެންޓީނާގެ ޖޯޒީގައި ކުޅޭ އެންމެ ފަހުގެ މެޗަށް ނިކުންނަނީ

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު ޤަބޫލުކުރާ އާޖެންޓީނާގެ ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކުރުމުގެ ގޮތުން ކުޅޭ ހާއްސަ އަލްވަދާއީ މެޗަށް ނެގި ސްކޮޑުގައި މެސީ ހިމަނައި ސްކޮޑް އިޢުލާނުކޮށްފިއެވެ.

ވޯލްޑް ކަޕްގެ ފައިނަލުގައި ސްޕެއިން އަތުން ބަލިވިތާ ދެ މަސް ފަހުން، އުމުރުން 39 އަހަރުގެ މެސީ ވަނީ އޭނާގެ ބައިނަލްއަގުވާމީ ކެރިއަރު ނިންމާލިކަން އިއުލާނުކޮށްފައެވެ. ނަމަވެސް، އަންނަ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ބެނިންއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ފެންނާނެ ކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) ގެ ރައީސް ކްލައުޑިއޯ ޓާޕިއާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޓާޕިއާ ސޯޝަލް މީޑިއާގައި ވިދާޅުވީ، "ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އަޅުގަނޑުމެންގެ ކެޕްޓަން ލިއޮނަލް އަންދްރޭސް މެސީ އަށް ހައްގުވާ ފަދަ އަލްވަދާއެއް ކިޔުމަށް، އޮކްޓޯބަރު 6 ވަނަ ދުވަހު މިތާ އާޖެންޓީނާގައި ކުޅުމަށް ދައުވަތު ދިނިން،" ކަމަށެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުއެނޮސް އައިރިސްގެ އެސްޓާޑިއޯ މޮނިއުމެންޓަލް ގައެވެ.

ވޯލްޑް ކަޕް ފައިނަލަށް ފަހު އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗުގައި ސެޕްޓެމްބަރު 30 ގައި ކޯޑޮބާގެ މާރިއޯ ކެމްޕެސް ސްޓޭޑިއަމްގައި ބައްދަލުކުރާނީ ބޮލީވިއާއާއެވެ. އަދި އޮކްޓޯބަރު 3 ގައި ބުއެނޮސް އައިރިސްގައި ބުރްކީނާ ފާސޯއާ ދެކޮޅަށް ކުޅޭނެއެވެ. މި އަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި ހިނގި ހާދިސާތަކަކާ ގުޅިގެން ފީފާއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބޮލީވިއާ މެޗު ކުޅޭނީ ސްޓޭޑިއަމްގެ ޖާގައިގެ 50 އިންސައްތަ ދަށްކޮށްގެންނެވެ.

މީގެއިތުރުން، ސްޕެއިނާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ފައިނަލް މެޗުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ލެއަންޑްރޯ ޕަރެޑެސް 10 މެޗަށް، ނަހުއެލް މޮލީނާ ހަތް މެޗަށް އަދި ތިއާގޯ އަލްމާޑާ އެއް މެޗަށް ސަސްޕެންޑްކޮށްފައިވާތީ އެ ކުޅުންތެރިން އަދަބު ފުރިހަމަކުރަން ޖެހެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މިފަހަރު ބެލަންޑޯ ލިބޭނީ މެސީއަށް" ކުޅިވަރު | ގަޑިއިރެއް ކުރިންގޯޓް މެސީ އާޖެންޓީނާގެ ޖޯޒީގައި ކުޅޭ އެންމެ ފަހުގެ މެޗަށް ނިކުންނަނީކުޅިވަރު | ގަޑިއިރެއް ކުރިންމެސީއަށް ކޮޕާ އެމެރިކާ ކާމިޔާބުކުރެވުމާއެކު އަލުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޮތަށް ހަމަޖައްސައިފިކުޅިވަރު | މަހެއް ކުރިންލިއޮނަލް މެސީގެ ބައްޕަ ބަލިވެ އުޅުމަށްފަހު ނިޔާވެއްޖެކުޅިވަރު | މަހެއް ކުރިން