logo
MPL

MPL

ކުޅިވަރު

މެސީއަށް ކޮޕާ އެމެރިކާ ކާމިޔާބުކުރެވުމާއެކު އަލުން ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޮތަށް ހަމަޖައްސައިފި

އަބްދުﷲ ޣާނިމް
12 އޯގަސްޓު 2026 - 09:22
Screenshot
Screenshot

ދެކުނު އެމެރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ، ދެން އެންމެ އަވަހަށް ބާއްވާނީ 2028 ވަނަ އަހަރު ކަމަށާއި، މިއާއެކު ކުރިއެކޭވެސް އެއްގޮތަށް މުބާރާތް ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގަވާއިދަށް އަމަލުކުރަން ފަށާފައިވާކަން ކޮންމެބޯލް (CONMEBOL) އިން ކަށަވަރުކޮށްދީފިއެވެ.

2015، 2016 (ސެންޓެނާރިއޯ ހާއްސަ މުބާރާތް)، 2019، 2021 (ކޮވިޑް-19 އާ ގުޅިގެން ފަސްކުރެވުނު) އަދި 2024 ވަނަ އަހަރުގެ މުބާރާތަށްފަހު، ދެކުނު އެމެރިކާގެ މި ގަދީމީ މުބާރާތް އަލުން މިވަނީ ޔޫރޯ މުބާރާތެކޭ އެއްގޮތަށް ވަކި ތަރުތީބަކުން ކޮންމެ ހަތަރު އަހަރަކުން ބާއްވާ އުސޫލަށް ބަދަލުވެފައެވެ. މި ނިންމުން ނިންމާފައިވަނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތްވެސް އާޖެންޓީނާއިން ކާމިޔާބުކޮށްފައިވަނިކޮށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާޖެންޓީނާއިން 2021 އަދި 2024 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރުމާއެކު، ލިއޮނަލް މެސީ ވަނީ ޖެހިޖެހިގެން ދެ ކޮޕާ އެމެރިކާ ތަށި އުފުލާލާފައެވެ. މިއާއެކު ސޯޝަލް މީޑިއާގައި މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކާމިޔާބީތަކާ ގުޅޭގޮތުން ބަހުސްތައް ވަނީ އަލުން ފެށިފައެވެ. މެސީގެ ސަޕޯޓަރުން އޭނާ ހޯދި ދެ ކޮޕާ އެމެރިކާ އާއި ވޯލްޑް ކަޕް ފާހަގަކުރަމުންދާއިރު، ރޮނާލްޑޯގެ ސަޕޯޓަރުން ދަނީ އޭނާގެ ޔޫރޯ އަދި ޗެމްޕިއަންސް လީގު ތަށިތަކުގެ ވާހަކަ ދައްކަމުންނެވެ.

މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ގަވާއިދުން ބޭރުން ގިނަ މުބާރާތްތަކެއް ބޭއްވުމުން ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުއްޓެވެ. ބައެއް ފޭނުން ބުނާގޮތުގައި ކޮވިޑް-19 ގެ ހާލަތާއި ކަލަންޑަރު ހަމައަކަށް އަޅުވަން ކޮންމެބޯލް އިން އެޅި ފިޔަވަޅުތަކަކީ ތައުރީފު ހައްގު ނިންމުންތަކެކެވެ. ނަމަވެސް އަނެއްބައި ސަޕޯޓަރުން ވަނީ ޔޫރޯއަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކޮޕާ އެމެރިކާ މުބާރާތްތަކެއް ބޭއްވުމުން އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން މެސީއަށް އެއްވެސް އިންޓަނޭޝަނަލް ތަށްޓެއް ނުލިބޭއިރު 5 ވަރަކަށް އަހަރުތެރޭގައި ރެކޯޑް 3 ފަހަރަށް މި މުބާރާތް ބާއްވައި، މެސީ ވަނީ މިމުބާރާތް ކާމިޔާބުކޮށްފައެވެ.

އަލުން ހަތަރު އަހަރުގެ ސައިކަލަކަށް މުބާރާތް ބަދަލުވުމަކީ ކުޅުންތެރިންނަށާއި ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. މިއާއެކު ގައުމީ ޓީމުތަކަށާއި ކްލަބް މުބާރާތްތަކަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިގެންދާނެއެވެ. 2028 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ބާއްވާނެ ގައުމެއް ކޮންމެބޯލް އިން އިއުލާނެއް ނުކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައިގެ އަސްލު 'ގޯޓް' ހޮވުމަށް ބާއްވާ ރޭހުގައި ރޮނާލްޑޯ ބޮޑުތަނުން މެސީއަށްވުރެ ކުރީގައިކުޅިވަރު | 2 ދުވަސް ކުރިންމެސީގެ އަލްވަދާޢު މެޗުގައި ބޮޑޫ ސްކޭމެއް ޖެއްސިކަމުގެ ތުހުމަތު އިނދިކޮޅު ޓީމުގެ ކޯޗުކޮށްފިކުޅިވަރު | 13 ދުވަސް ކުރިންސަޕޯޓަރުންތައް ރޮއްވާލުމަށްފަހު މެސީ ދެވަނަ ފަހަރަށް ޤައުމީ ޓީމުން ރިޓަޔަރކޮށްފިކުޅިވަރު | 16 ދުވަސް ކުރިންމެސީގެ ހަނދާނުގައި 10 ނަންބަރު ރިޓަޔަރކުރުން ފީފާއިން ހުރަސްއަޅައިފިކުޅިވަރު | 20 ދުވަސް ކުރިން