logo
Bank of Maldives

Bank of Maldives

ކުޅިވަރު

ލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީ

އަބްދުﷲ ޣާނިމް
16 ޑިސެމްބަރު 2025 - 04:20
ލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީ

ބާސެލޯނާގެ ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީގެ މުސްތަގުބަލާ މެދު މިހާރު ވަނީ ބޮޑުތި ސުވާލުތަކެއް އުފެދިފައެވެ. އޭނާގެ ކޮންޓްރެކްޓް މި ސީޒަން ނިމުމުން ހަމަވާތީ، އޭނާގެ ކުރިމަގު ބާސާގައި އޮންނާނެތޯ ނުވަތަ ނޫންތޯ މީޑިއާގައި ދަނީ ބަހުސް ކުރެވެމުންނެވެ. މީގެ އިތުރުން ބާސެލޯނާގެ ފުރަތަމަ 11 އިން މިހާރު ލެވަންޑޮވްސްކީއަށް ޖާގަލިބެނީ މަދުފަހަރަކުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ތަޖުރިބާކާރު ސްޓްރައިކަރު ބޭނުންވަނީ ކުލަބުގައި އިތުރު އެއް އަހަރަށް މަޑުކުރުމަށެވެ. ނަމަވެސް ބާސެލޯނާގެ އިސްވެރިން މިކަމާ މެދު އަވަސް އަރުވާލައިގެން ނިންމުމެއް ނުނަގާ ކަމަށް ވެއެވެ. ލެވަންޑޯސްކީގެ އެޖެންޓާއި ކުލަބުގެ ރައީސް ޖޯން ލަޕޯޓާއާ ދެމެދު ބައްދަލުވުމެއް ބޭއްވުނު ނަމަވެސް، ކުލަބުން އަދިވެސް ވަކި ގޮތެއް ނުނިންމައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވާހަކަތައް ދެކެވެމުންދަނިކޮށް، އެމެރިކާގެ މޭޖަރ ލީގް ސޮކަރ (އެމްއެލްއެސް) ގެ ކުލަބު އިންޓަ މިއާމީން ލެވަންޑޯސްކީ ގެނައުމަށް މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް މިހާރުވަނީ ފުޓްބޯޅައިގެ ޓްރާންސްފާ ހަބަރުތައް ގެނެސްދޫ ގިނަ ފަރާތްތަކުން ރިޕޯޓްކުރަންފަށާފައެވެ. ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ މަރެކް ޖޮޒްވިއަކް 'މޮކާ ފުޓްބޯލޫ' ގައި ބުނި ގޮތުގައި، ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ ކުޅޭ މި ކުލަބުން ވަނީ ލެވަންޑޯސްކީއަށް މިއާމީގައި ހުންނާނެ ތަނެއް ހޯދަން މަސައްކަތް ފަށާފައެވެ.

އިންޓަ މިއާމީން ވަނީ މީގެ ކުރިންވެސް ޔޫރަޕުގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ މެސީ، ލުއިސް ސުއަރޭޒް، ޖޯޑީ އަލްބާ އަދި ސާޖިއޯ ބުސްކެޓްސް ގެނެސްގެން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ލެވަންޑޯސްކީ، އޭނާގެ ތަޖުރިބާއާ އެކު، މި ސްޓްރެޓެޖީއާ ވަރަށް ބޮޑަށް ގުޅޭނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، 37 އަހަރުގެ ޕޮލެންޑްގެ ކެޕްޓަން ބޭނުންވަނީ ބާސެލޯނާގައި މަޑުކުރުމަށެވެ. އޭނާ ވަނީ ކުލަބުގައި މަޑުކުރުމަށްޓަކައި މުސާރަ ކުޑަކުރަންވެސް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. އެހެންކަމުން، ބާސެލޯނާއިން އޭނާއަށް އާ ކޮންޓްރެކްޓެއް ނުދޭން ނިންމައިފިނަމަ، ލެވަންޑޯސްކީ އެމްއެލްއެސް އަށް ބަދަލުވެ، މިއާމީގައި މެސީއާ ގުޅޭނެތޯ ބެލުން ވެގެންދާނީ ވަރަށް ޝައުގުވެރި ކަމަކަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 2 މަސް ކުރިންގޯޓް މެސީ އެމެރިކާވެސް ފަތަޙަކޮށް، މަޔާމީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންކަން ހޯދައިފިކުޅިވަރު | 2 މަސް ކުރިންމެސީގެ މޮޅުކުޅުމާއެކު އިންޓަރ މަޔާމީ އެމްއެލްއެސް ކަޕް ފައިނަލަށްކުޅިވަރު | 2 މަސް ކުރިންގޯލްޑަން ބޫޓު ޔަޤީންވެފައިވާ މެސީ ހެޓްރިކާއެކު އެމްއެލްއެސް ރެގިއުލާ ސީޒަން ނިންމާލައިފިކުޅިވަރު | 4 މަސް ކުރިން