logo
Bank of Maldives

Bank of Maldives

ޚަބަރު

ތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް

އަޙްމަދު ޒަލީފް
3 ސެޕްޓެމްބަރު 2025 - 12:14
ތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް

ތެލެސީމިއާ ބަލި ތަހައްމަލުކުރާ ފަރާތްތަކުގެ ހާލު ބަލައި، އެހީ ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން "ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު"ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.

މި ތަން ހުޅުވިފައި ހުންނަނީ މޯލްޑިވިއަން ބްލަޑް ސަރވިސަސް ހިންގަމުންދާ އޮރެންޖު ހިޔާ ބިލްޑިންގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ ޑރ. އަޙްމަދު ޢުމަރު ވިދާޅުވީ އަތޮޅުތެރޭގައި ދިރިއުޅޭ ބަލި މީހުންގެ ހާލަތު ދެނެގަތުމަށް ސެންޓަރުން އިސްނަގައިގެން ގުޅާނެ ކަމަށެވެ. އަދި ޚާއްސަ އެހީތެރިކަމެއް ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ސެންޓަރުން ފަހިކުރާނެކަމަށް ޑރ. ޢުމަރު ވިދާޅުވިއެވެ.

ޑރ. ޢުމަރު ވިދާޅުވީ މިފަދަ ސެންޓަރެއް ޤާއިމުކުރުމުގެ ބޭނުމަކީ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތައް ވީހާވެސް ގާތުން މޮނިޓަރކޮށް، އަވަހަށް ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ.

ތެލެސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރު ޤާއިމުކޮށްފައިވަނީ ބެލަރުސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީތެރިކަމާ އެކުއެވެ. މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބަލާނެއެވެ.

މި ކަމާގުޅޭ ގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މީގެ ކުރިން އަތޮޅުތަކުގައި ދިރިއުޅޭ ތެލެސީމިއާ ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް ޚާއްސަ ފަރުވާ ދިނުމުގައި ވަރަށް ބައިވަރު ދަތިތައް ހުންނަ ކަމަށެވެ. 

މި ސެންޓަރުން ކޮންމެ 3 މަހަކުން ތެލެސީމިއާ ތަޙައްމަލުކުރާ ކޮންމެ ކުއްޖަކާއި މީހަކަށް ގުޅައި ހާލަތު ބެލުމަށް ވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް ޚަބަރު | 15 ދުވަސް ކުރިންމޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޚިދުމަތްތަށް ފަސޭހަކުރަން ހޮޓްލައިނެއް ޚަބަރު | 2 މަސް ކުރިންހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފިޚަބަރު | 4 މަސް ކުރިން