logo
Bank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުމުގެ މަސައްކަތް ސިފައިން ނިންމާލައިފި

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ޤާއިމްކުރި ތެލެސީމިއާ ސެންޓަރު -- ފޮޓޯ: ސިފައިން
ހުޅުމާލޭގެ އޮރެންޖު ހިޔާގައި ޤާއިމްކުރި ތެލެސީމިއާ ސެންޓަރު -- ފޮޓޯ: ސިފައިން

މާލޭގެ ދަމަނަވެށީގައި ކުރިއަށް ގެންދާ ތެލެސީމިއާ ސެންޓަރު، ދުވަސްވެ ބައު ވުމުގެ ސަބަބުން އެތަން ހުޅުމާލެ އޮރެންޖު ހިޔާ އަށް ބަދަލުކުރުމަށް ސިފައިންނާ ހަވާލުކުރި މަސައްކަތް ނިންމައިލައިފިއެވެ.

މާލޭގެ ތެލެސީމިއާ ސެންޓަރު ހުޅުމާލޭގެ އޮރެންޖު ހިޔާއަށް ބަދަލުކުރުމަށް، އެ އިމާރާތުގެ އެތެރޭގެ މަސައްކަތް ސިފައިން ފަށާފައިވަނީ ތެލެސީމިއާ ސެންޓަރުގެ ޙާލަތު ދަށްވެ، އެތަނުގެ ޚިދުމަތްތަކާ މެދު ޢާންމުންގެ ހުރި ކަންބޮޑުވުންތައް އައްސަވައި އެ ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެންނެވެ. އެގޮތުން ސިފައިންނާ ހަވާލުކުރައްވައިގެން އެ މަސައްކަތް ކުރިއަށްގެންދެވުމަށް އެމަނިކުފާނު އެންގެވީ މިދިޔަ މާރިޗު މަހުގެ 23 ވަނަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު އެ ތަން ތަރައްޤީކުރުމުގެ މަސައްކަތް ސިފައިން ފަށާފައިވަނީ އޭގެ ފަސް ދުވަސް ފަހުން، މާރިޗު މަހުގެ 28 ވަނަ ދުވަހުއެވެ.

އެކަމާ ގުޅިގެން މިއަދު ސިފައިންގެ ޚިދުމަތުން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ބުނީ، ޤައުމީ މަސައްކަތެއްގެ ގޮތުގައި ރައީސް، ސިފައިންނާ ހަވާލުކުރައްވައިގެން އޮރެންޖް ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމަށް ސިފައިން ކުރި މަސައްކަތްތައް ނިންމައި، މިހާރު ހެލްތް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ.

 

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ރައީސް މުޢިއްޒު އެންގެވިއިރު، އެމަނިކުފާނު ވަނީ މާރިޗު މަހުގެ 23 ވަނަ ދުވަހު މާލޭގެ ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ތިބި ތެލެސީމިއާ ފަރުވާ ހޯދާ ފަރާތްތަކާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން އެތަނުގެ ވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.

އަދި އެ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރެއްވުމަށް ރައީސް ނިންމެވީ، އެ ފަރާތްތަކާއި ވާހަކަފުޅުދައްކަވައި، ޚިޔާލު ހޯއްދެވުމަށް ފަހުއެވެ.

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ތެލެސީމިއާ ސެންޓަރު ޤާއިމްކުރުމުގެ މަސައްކަތް ނިންމާލާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތެލެސީމިއާގެ ފަރުވާ ދެވޭ ދާއިމީ ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިއާގެ މެޑޯ އޭޝީއާ ކުންފުންޏާ އެކު ސޮއިކޮށްފައެވެ. އެގޮތުން އޭރު ސިއްޚީ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެ މަސައްކަތަކީ ސައިނޯމާ އިންޑަސްޓްރީ އިންޖިނިއަރިން ކޮމްޕެނީގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މަަސައްކަތެކެވެ.

އިތުރަށް ކިޔާލަން:

Hulhumale Dhevana Fiyaveheegai Thalassemia Hospital Alhan Ehbas Vumugai Soi Kohffi FacebookViberTelegramXWhatsApp

Hulhumale Dhevana Fiyaveheegai Thalassemia Hospital Alhan Ehbas Vumugai Soi Kohffi FacebookViberTelegramXWhatsApp

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޞްރުގެ ދުވަހާ ގުޅުވައިގެން ސިފައިންގެ ހެވިކަމުގެ ހަރަކާތްތަށް ބާއްވަނީޚަބަރު | 4 މަސް ކުރިންތެލެސީމިއާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ހާއްސަ ސެންޓަރެއް ޚަބަރު | 6 މަސް ކުރިންބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ނަޝީދު ރިޓަޔަރ ކުރައްވައިފިޚަބަރު | 6 މަސް ކުރިންމަކުނުދޫ އެއާޕޯޓަށް ވަރަށް އިސްކަންދެން، ބޭނުންވަނީ ވަރަށް އަވަހަށް އެ މަޝްރޫއު ނިންމަން: ރައީސްޚަބަރު | 6 މަސް ކުރިން