logo
Bank of Maldives

Bank of Maldives

ޚަބަރު

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ

އައިމިނަތު މޫސާ
4 ސެޕްޓެމްބަރު 2025 - 05:12
ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ

ގދ. ތިނަދޫގައި ސަރުކާރުން ތަރައްގީކުރާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ކޮންސްޓްރަލްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ ބުނީ މި ހައުސިން ޔުނިޓުތަކަށް ކުރިމަތިލުމަށް މި މަހުގެ 7 ވަނަ ދުވަހު ހުޅުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ރޯހައުސްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ނޮވެމްބަރު 7 ވަނަ ދުވަހުގެ ރޭ 23:59 އާ ހަމައަށެވެ. ފޯމު ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ޖެނުއަރީ 28 ގައި ތިނަދޫ ސިޓީ ކައުންސިލުން މި ރޯހައުސްތަކަށް ކުރިމަތިލުމަށް އިއުލާނު ކުރުމުން، އެއީ ހުއްދަ ނުނަގައި ކުރި އިއުލާނެއް ކަމަށް ބުނެ ފެބްރުއަރީ 1 ގައި ހައުސިން މިނިސްޓްރީން އެ އިއުލާނު ބާތިލުކުރުމަށް އަންގާފައިވެއެވެ.

މި މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ރޯހައުސްތަކަކީ 700 އަކަފޫޓުގެ ޖާގައިގައި ތިން ކޮޓަރީގެ ދެ ފަންގިފިލާގެ އިމާރާތްތަކެކެވެ. މި މަޝްރޫއު ފެށިފައިވަނީ 2022 ވަނަ އަހަރުއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، މި މަޝްރޫއަކީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށްދާ މަޝްރޫއެއް ކަމަށާއި، މިފަދަ ހައުސިން ޔުނިޓްތައް ދޫކުރުމުގެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައަޅަންޖެހެނީ މިނިސްޓްރީގެ އެންޑޯސްމަންޓާއެކު ކަމަށް ފާހަގަކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަހާއުﷲ: ތިނަދޫ ސިޓީގެ ތަރައްޤީއަށްޓަކައި ސަރުކާރާއެކު މަސައްކަތްކޮށް ނަތީޖާ ދައްކައިދޭނެ ލީޑަރެއްރިޕޯޓް | 2 މަސް ކުރިންތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާގެ ވަރުގަދަ ތަޞައްވުރުރިޕޯޓް | 3 މަސް ކުރިންތިނަދޫ ރޯހައުސްތަކަށް ކުރިމަތިލުމަށް ހުޅުވާލަނީޚަބަރު | 9 މަސް ކުރިން ތިނަދޫ ސިޓީ ކައުންސިލުގެ އޮޑިޓުގައި މުސާރައާއި ފައިސާގެ އޮޅުވާލުންތަކާ ގުޅޭ ގިނަ މައްސަލަތަކެއް!ޚަބަރު | އަހަރެއް ކުރިން