logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގައުމީ ކެރަމް ޓީމުގެ ފުރަތަމަ ޖާގަ ހުޖާނަށް

އާމިނަތު ޝަފާ
4 ސެޕްޓެމްބަރު 2025 - 11:29
ގައުމީ ކެރަމް ޓީމުގެ ފުރަތަމަ ޖާގަ ހުޖާނަށް

ވަރލްޑްކަޕްއަށް ތައްޔާރުވަމުން އަންނަ ގައުމީ ކެރަމް ޓީމުގެ ފުރަތަމަ ޖާގަ އިބްރާހީމް ހުޖާން އަލީ ހޯދައިފިއެވެ.

ގައުމީ ޓީމުގެ ފުރަތަމަ ޖާގަ ހުޖާން ހޯދީ ކޮލިފައިންގައި އިސްމާއީލް އަޒްމީންއާ ދެކޮޅަށް ކުޅެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗު ހުޖާން ކާމިޔާބުކުރީ 2 ސެޓް 1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި މެޗް ކާމިޔާބުކުރުމާއެކު އިބްރާހީމް ހުޖާން އަކީ މިހާރު ކެރަމްގެ ރާއްޖޭގެ ގައުމީ ޗެމްޕިއަންއެވެ.

ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސީއޭއެމް) އިން ކޮންމެ 4 މަހަކުން އެއްފަހަރު ގައުމީ ޓީމު ހޮވުމުގެ ޓްރަޔަލްތައް ބާއްވައެވެ. އެއީ އަހަރަކު 3 ޓްރަޔަލްއެވެ. ހުޖާން ވަނީ މީގެ ކުރިން ބޭއްވުނު ދެ ގައުމީ ޓީމު ހޮވުމުގެ މުބާރާތުގައިވެސް އެއްވަނަ ހޯދާފައެވެ.

ގައުމީ ޓީމު ތަމްސީލުކުރާ ކުޅުންތެރިން ނެގުމުގެ މުބާރާތްތައް މިހާރު ކުރިއަށްދާއިރު މުބާރާތުގައި ފިރިހެން އަދި އަންހެން ޓީމަށް 5 ކުޅުންތެރިން ނެގުމަށްވަނި ހަމަޖެހިފައެވެ. މި މަހުގެ އެކަކުން 8 އަށް ކުރިއަށްދާ މި މުބާރާތްތަކުގައި 31 ފިރިހެން ކުޅުންތެރިންނާއި 18 އަންހެން ކުޅުންތެރިން ވާދަކުރެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެރަމް ވޯލްޑް ކަޕް: އަޒްމީން އަދި ނާޒިމްގެ ޕެއަރ ޑަބަލްސްގެ ކުއާޓަރގައި ވާދަކޮށްފިކުޅިވަރު | 3 ގަޑިއިރު ކުރިންގައުމީ ކެރަމް ޓީމުގެ ފުރަތަމަ ޖާގަ ހުޖާނަށް ކުޅިވަރު | 3 މަސް ކުރިން