logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށް، ތާރީހުގެ ތެރެއަށް

އިސްމާޢިލް ރާތިޢު
5 ޑިސެމްބަރު 2025 - 04:12
ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށް، ތާރީހުގެ ތެރެއަށް

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެން ޓީމް އިވެންޓުގެ ފައިނަލުގައި ބަލިވިނަމަވެސް، ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށް ތާރީހުގެ ތެރެއަށް ޖެހިލައިފިއެވެ.

މިއީ ކެރަމް ވޯލްޑް ކަޕުގެ ތާރީޚުގައި ޓީމް އިވެންޓުގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކޮށް، އެ މުބާރާތުގެ ދެވަނަ ހާސިލްކުރި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓުގެ ފައިނަލުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.

އެގޮތުން، މި އިވެންޓުގައި ކުޅުނު ޑަބަލްސް މެޗުގައި އިންޑިއާގެ މިތްރާ އާއި ކާޖަލް ކުމާރީގެ ޕެއާ ވަނީ، ރާއްޖޭގެ އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-8 އިން އިންޑިއާގެ ޕެއާ ގެންގޮސްފައިވަނިކޮށް، 17-13 އިން ނަހުފާ އާއި ރަޔާނާ ވަނީ ކުރިހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި އިންޑިއާގެ ޕެއާ ވަނީ 25-5 އިން ކާމިޔާބުކޮށްފައެވެ.

ސިންގަލްސް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިމިނަތު ވިދާދް އަތުން އިންޑިއާގެ ހާޒިމާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. އެއީ، 24-8، 25-8 އިންނެވެ.

ސިންގަލްސް ދެވަނަ މެޗުގައި އިންޑިއާގެ ކީރްތަނާ ވަނީ ރާއްޖޭގެ އައިޝަތު ފައިނާޒް ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުން ކީރްތަނާ މޮޅުވީ 24-6، 25-1 އިންނެވެ.

މި އިވެންޓުގެ ޑަބަލްސް މެޗުގައި އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ފަސޭހަކަމާއެކު އެމެރިކާގެ އުމާ މަހޭޝްވަރީ އާއި ތޭޖަސްވީގެ ޕެއާ ބަލިކޮށްފައެވެ. މި މި މެޗުން ނަހުފާ އާއި ރަޔާނާގެ ޕެއާ މޮޅުވީ 23-4، 25-0 އިންނެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މިފަހަރުގެ ކެރަމް ވޯލްޑް ކަޕުގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ ކުޅުންތެރިން ވާދަކުރެއެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރިން، 2014 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެރަމް ވޯލްޑް ކަޕް: ރާއްޖޭގެ އަންހެން ޓީމުން ރިހި މެޑެލް ހާސިލްކޮށް، ތާރީހުގެ ތެރެއަށްކުޅިވަރު | ގަޑިއިރެއް ކުރިންކެރަމް ވޯލްޑް ކަޕް: ސެމީގައި އެމެރިކާ ބަލިކޮށް، ރާއްޖެ ފައިނަލަށްކުޅިވަރު | 13 ގަޑިއިރު ކުރިންކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގައި ސްރީ ލަންކާ ބަލިކޮށް، ރާއްޖެ ސެމީ އަށްކުޅިވަރު | 16 ގަޑިއިރު ކުރިންކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގެ ފުރަތަމަ ދެ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެކުޅިވަރު | 17 ގަޑިއިރު ކުރިން