logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކެރަމް ވޯލްޑް ކަޕް: ސެމީގައި އެމެރިކާ ބަލިކޮށް، ރާއްޖެ ފައިނަލަށް

އާމިނަތު ޝަފާ
4 ޑިސެމްބަރު 2025 - 16:15
ކެރަމް ވޯލްޑް ކަޕް: ސެމީގައި އެމެރިކާ ބަލިކޮށް، ރާއްޖެ ފައިނަލަށް

މިހާރު ކުރިއަށްދާ ހަތްވަނަ ކެރަމް ވޯލްޑް ކަޕްގެ އަންހެނުންގެ ޓީމް އިވެންޓްގެ ސެމީ ފައިނަލުގައި އެމެރިކާ ބަލިކޮށް، ރާއްޖޭން ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ތާރީޚުގައި ޓީމް އިވެންޓްގައި ރާއްޖޭގެ ޓީމެއް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އަންހެން ޓީމު ވަނީ މުބާރާތުގެ ޓީމް އިވެންޓްގެ ސެމީގައި މިއަދު އެމެރިކާއާ ދެކޮޅަށް ކުޅުނު ތިން ގޭމުގެ ތެރެއިން ފުރަތަމަ ދެ ގޭމް ކާމިޔާބުކޮށްފައެވެ.

އެގޮތުން، މި އިވެންޓްގައި ކުޅުނު ސިންގަލްސް ފުރަތަމަ މެޗުގައި އައިޝަތު ފައިނާޒް ވަނީ ސީދާ ދެ ސެޓުން އެމެރިކާގެ ވައިދެހީ ކަދަމް ބަލިކޮށްފައެވެ. މި މެޗުން ފައިނާޒް މޮޅުވީ 25-11، 25-0 އިންނެވެ.

މި އިވެންޓްގެ ޑަބަލްސް މެޗުގައި އައިޝަތު ނަހުފާ އާއި ފާތިމަތު ރަޔާނާގެ ޕެއާ ވަނީ ފަސޭހަކަމާއެކު އެމެރިކާގެ އުމާމަހޭޝްވަރީ އާއި ތޭޖަސްވީގެ ޕެއާ ބަލިކޮށްފައެވެ. މި މި މެޗުން ނަހުފާ އާއި ރަޔާނާގެ ޕެއާ މޮޅުވީ 23-4، 25-0 އިންނެވެ.

މުބާރާތުގެ އަންހެނުންގެ ޓީމް އިވެންޓްގެ ފައިނަލުގައި ރާއްޖޭން ނިކުންނާނީ އިންޑިއާ އާ ދެކޮޅަށެވެ.

ބާސެލޯ ނަސަންދުރާގައި ބާއްވާ މި ފަހަރުގެ ކެރަމް ވޯލްޑް ކަޕްގައި މުޅި ދުނިޔޭގެ އެކި ބައްރުތަކުން 17 އަށް ވުރެ ޤައުމުން ގާތްގަނޑަކަށް 150 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރެ އެވެ.

ކެރަމް ވޯލްޑް ކަޕަކީ އައީސީއެފް އިން ބާއްވާ އެންމެ ޝަރަފުވެރި މުބާރާތެވެ. ރާއްޖޭގައި އެންމެ ފަހުން ކެރަމް ވޯލްޑް ކަޕެއް ބޭއްވީ މީގެ 11 އަހަރު ކުރީންނެވެ. އެއީ، 2014 ވަނަ އަހަރު އެވެ. އެ ފަހަރުގެ މުބާރާތް ބޭއްވީ ސަން އައިލެންޑް ރިސޯޓްގައެވެ.

މިއީ ކެރަމް ވޯލްޑް ކަޕްގެ ހަތްވަނަ މުބާރާތެވެ. މިދިޔަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ހަވަނަ ވޯލްޑް ކަޕްގައި ރާއްޖޭން ވަނީ އަންހެން އަދި ފިރިހެން ޓީމް އިވެންޓުން ބްރޯންޒް މެޑެލް ހާސިލްކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެރަމް ވޯލްޑް ކަޕް: ސެމީގައި އެމެރިކާ ބަލިކޮށް، ރާއްޖެ ފައިނަލަށްކުޅިވަރު | 2 ގަޑިއިރު ކުރިންކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގައި ސްރީ ލަންކާ ބަލިކޮށް، ރާއްޖެ ސެމީ އަށްކުޅިވަރު | 5 ގަޑިއިރު ކުރިންކެރަމް ވޯލްޑް ކަޕް: އަންހެނުންގެ ޓީމް އިވެންޓްގެ ފުރަތަމަ ދެ މެޗުން ވެސް ރާއްޖެ މޮޅުވެއްޖެކުޅިވަރު | 6 ގަޑިއިރު ކުރިން