ވެލާ ރިސޯޓުގެ ''ފެހިކުރަމާ ޕްރޮގްރާމް'' ކުޑަފަރީގައި

4 ސެޕްޓެމްބަރު 2025 - 12:22

ނ. ކުޑަފަރީގައި ވެލާ ޕްރައިވެޓް އައިލެންޑް ގެ ފަރާތުން ކުރިއަށް ގެންދާ "ފެހިކުރަމާ ޕްރޮގުރާމް" ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ކުޑަފަރީ ކައުންސިލުން ހާމަކޮށްފިއެވެ.
ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ބާއްވާ މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2025 ސެޕްޓެންބަރު 07 ވާ އާދިއްތަ ދުވަހުއެވެ.

Ad by Hajj Corporation
ކުޑަފަރީ ކައުންސިލުން ހާމަކުރި ގޮތުގައި، މި ޕްރޮގުރާމުގެ ތެރެއިން "ފެހިކުރަމާ ޓީމް" ގެ ފަރާތުން ރަށުގެ ރައްޔިތުންނަށާއި ސްކޫލް ދަރިވަރުންނަށް ޚާއްސަކޮށްގެން ދެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގެ މަޤްސަދަކީ ތިމާވެއްޓާބެހޭ މައުލޫމާތު ދީ، ފެހިކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.
ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް
07 ސެޕްޓެންބަރު 2025، އާދިއްތަ ދުވަހުގެ ހަވީރު 16:00: ގްރޭޑް 4 އިން މަތީގެ ދަރިވަރުންނަށް ޚާއްސަ ސެޝަން.
07 ސެޕްޓެންބަރު 2025، އާދިއްތަ ދުވަހުގެ ރޭގަނޑު 20:30: ރަށުގެ ރައްޔިތުންނަށް ޚާއްސަ ސެޝަން.
މި ދެ ހަރަކާތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނ. ކުޑަފަރި ސްކޫލްގައެވެ.
މި ދެ ހަރަކާތުގައި ވެސް ވީހާވެސް ގިނަ ރައްޔިތުންނާއި ދަރިވަރުން ބައިވެރިވުމަށް ކުޑަފަރީ ކައުންސިލުން ވަނީ އެދިފައެވެ.