logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދަތް އެޅުމަށް މަޝްހޫރު ސުއަރޭޒް އާއެކު ބުސްކެޓް އަށް އަދަބުދީފި

އަބްދުﷲ ޣާނިމް
6 ސެޕްޓެމްބަރު 2025 - 07:17
ސުއަރޭޒް ހިންގި ހަމަނުޖެހުމުގެ ތެރެއިން
ސުއަރޭޒް ހިންގި ހަމަނުޖެހުމުގެ ތެރެއިން

އިންޓަރ މަޔާމީގެ ފޯވާޑް ލުއިސް ސުއާރެޒްއަށް ލީގްސް ކަޕްގެ 6 މެޗުން ސަސްޕެންޑް ކުރުމަށް ނިންމައިފިއެވެ. މި ނިންމުމަކީ އޯގަސްޓް 31 ވަނަ ދުވަހު ކުޅުނު ލީގްސް ކަޕްގެ ފައިނަލްގައި ސިއެޓަލް ސައުންޑާސްއާ ދެކޮޅަށް 3-0 އިން ބަލިވުމަށްފަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ.

މި ސަސްޕެންޝަނަކީ ސުއާރެޒް ސައުންޑާސްގެ އޮފިޝަލަކާދިމާލަށް ދިމާއަށް ކުޅުޖަހައި، އަދި ސިއެޓަލްގެ ކުޅުންތެރިއެއްގެ ކަރުގައި ހިފައި އަނިޔާކުރަން އުޅުމާ ގުޅިގެން ދިން އަދަބެކެވެ. މި ބަންދު އަންނަ އަހަރުގެ ލީގްސް ކަޕްގައި އަދި އޭގެ ފަހުގެ ސީޒަންތަކުގައިވެސް އިންޓަރ މައިއާމީގެ ބައިވެރިވުމަށް ބަލައި ދެމިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި އެހެން ފަރާތްތަކަށްވެސް އަދަބު ދީފައިވެއެވެ. ސިއެޓަލް ސައުންޑާސްގެ ކޯޗިންގ ސްޓާފް މެމްބަރު ސްޓީވަން ލެންހާޓްއަށް 5 މެޗުގެ ބަންދެއް ދީފައިވާއިރު، އިންޓަރ މައިއާމީގެ ކުޅުންތެރިން ޓޮމާސް އަވިލެސް އަދި ސާޖިއޯ ބުސްކެޓްސްއަށް އެއްވެސް ތަރުތީބުން 3 އަދި 2 މެޗުގެ ބަންދު ދީފައިވެއެވެ. ބުސްކެޓް އަށް އަދަބުދީފައިވަނީ ސައުންްޑާސްގެ ކުޅުންތެރިއެއްގައި ޖެހުމުންނެވެ. މީގެ އިތުރުން މި ހުރިހާ ފަރާތްތަކަށްވެސް ވަނީ ޖޫރިމަނާއެއް ކުރެވިފައެވެ.

އިންޓަރ މައިއާމީގެ ސްޓާރ ކުޅުންތެރި ލިއޯނެލް މެސީގެ ގާތް އެކުވެރިއެއް ކަމަށްވާ ސުއާރެޒްގެ މާޒީގައިވެސް މިފަދަ އެތައް މައްސަލަތަކެއް ހިމެނެއެވެ. މީގެ ތެރޭގައި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ގަސްދުގައި އަތުން ބޯޅަ ހިފުމާއި، އެކި ފަހަރު މަތިން ކުޅުންތެރިންނަށް ދަތްއެޅުމުގެ މައްސަލަތައް ހިމެނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 2 މަސް ކުރިންގޯޓް މެސީ އެމެރިކާވެސް ފަތަޙަކޮށް، މަޔާމީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެންޕިއަންކަން ހޯދައިފިކުޅިވަރު | 2 މަސް ކުރިންމެސީގެ މޮޅުކުޅުމާއެކު އިންޓަރ މަޔާމީ އެމްއެލްއެސް ކަޕް ފައިނަލަށްކުޅިވަރު | 2 މަސް ކުރިންގޯލްޑަން ބޫޓު ޔަޤީންވެފައިވާ މެސީ ހެޓްރިކާއެކު އެމްއެލްއެސް ރެގިއުލާ ސީޒަން ނިންމާލައިފިކުޅިވަރު | 4 މަސް ކުރިން