logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެސީގެ މޮޅުކުޅުމާއެކު އިންޓަރ މަޔާމީ އެމްއެލްއެސް ކަޕް ފައިނަލަށް

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2025 - 04:05
މެސީގެ މޮޅުކުޅުމާއެކު އިންޓަރ މަޔާމީ އެމްއެލްއެސް  ކަޕް ފައިނަލަށް

ލިއޮނަލް މެސީގެ އިންޓަރ މަޔާމީ ސީއެފް އިން ވަނީ އީސްޓަން ކޮންފަރެންސް ފައިނަލުގައި ނިއުޔޯކް ސިޓީ އެފްސީ އަތުން 5-1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެ، 2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ނިއުޔޯކް ސިޓީ އިން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މަޔާމީ އިން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި، އެމީހުންގެ ދަނޑުގައި އެމްއެލްއެސް ކަޕް ފައިނަލް ބާއްވާނެކަން ކަށަވަރުކޮށްފައެވެ.

މަޔާމީ އިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓުގައި ޓެޑިއޯ އެލެންޑޭ އެވެ. އެލެންޑޭ ވަނީ އޭގެ ނުވަ މިނެޓް ފަހުން އަނެއްކާވެސް ލަނޑެއް ޖަހައި، މިއާމީ އަށް ލީޑު ފުޅާކޮށްދީފައެވެ. ނިއުޔޯކް ސިޓީ އިން ލަނޑު ޖަހަން ފެށީ 37 ވަނަ މިނެޓުގައެވެ. އެއީ ޖަސްޓިން ހާކް ސެޓްޕީހަކުން ބޮލުން ޖަހައިގެން ވައްދާލި ލަނޑެކެވެ. ދެވަނަ ހާފްގެ ފެށުމުގައި އެންވައިސީއެފްސީގެ ކުޅުން ރަނގަޅުވި ނަމަވެސް، ލިއޮނަލް މެސީގެ އެހީތެރިކަމާއެކު 67 ވަނަ މިނެޓުގައި މެޓިއޯ ސިލްވެޓީ ލަނޑެއް ޖަހައި މަޔާމީގެ މޮޅު ކަށަވަރުކޮށްދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭގެ ފަހުންވެސް މަޔާމީއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ ޓެލަސްކޯ ސެގޮވިއާ އެއް ލަނޑު، އަދި އެލެންޑޭ އަނެއްކާވެސް ލަނޑެއް ޖަހައި ނަތީޖާ 5-1 އަށް ބަދަލުކުރި ލަނޑުތަކެވެ. މަޔާމީ ފައިނަލުގައި ކުޅެން ޖެހޭނީ ވެސްޓް ކޮންފަރެންސް ފައިނަލްގެ މެޗުން މޮޅުވާ ޓީމަކާއެވެ. އެ މެޗުގައި ބައްދަލުކުރާނީ ސެން ޑިއޭގޯ އެފްސީ އާއި ވެންކޫވަރ ވައިޓްކެޕްސް އެވެ.

2025 ވަނަ އަހަރުގެ އެމްއެލްއެސް ކަޕް ފައިނަލް ބާއްވާނީ ޑިސެމްބަރު 6 ވާ ހޮނިހިރު ދުވަހު، އިރުއޮއްސި 2 ޖަހާއިރު (އީޓީ) އިންޓަރ މަޔާމީގެ ދަނޑުގައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ހިންދޫދީނުގެ ބުދަށް އަޅުކަންކޮށްފިކުޅިވަރު | 2 މަސް ކުރިންލެވަންޑޮވްސްކީ މެސީއާއެކު އިންޓަރ މަޔާމީއަށް ބަދަލުވަނީކުޅިވަރު | 2 މަސް ކުރިންމެސީ ބަލަންގޮސްތިބި އިންޑިޔާ ސަޕޯޓަރުން ދަނޑުމައްޗަށް އަރައި ހަމަނުޖެހުން ހިންގަނެފެށުމުން މެސީ ފިލައިފިކުޅިވަރު | 2 މަސް ކުރިންމެސީގެ ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓެޗޫ އިންޑިޔާގެ ކޮލްކަތާގައި ހުޅުވަން ތައްޔާރުވެއްޖެކުޅިވަރު | 2 މަސް ކުރިން