logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮމެސްޓިކް އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

ޢައްފާން މުޙައްމަދު
7 ސެޕްޓެމްބަރު 2025 - 04:56
ޑޮމެސްޓިކް އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެމްއޭސީއެލްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބައްލަވައި, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކުރައްވައިފައެވެ.

ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުއޭސީއެލް) އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް އެއާޕޯޓުން ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިޚަބަރު | މަހެއް ކުރިންވީއައިއޭގެ އާ ފަސިންޖަރު ޓާމިނަލުން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | މަހެއް ކުރިންޑޮމެސްޓިކް އެއާޕޯޓުތައް ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ފަށައިފިޚަބަރު | 2 މަސް ކުރިންފުވައްމުލައް އެއާޕޯޓް ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ދަތުރުތައް މެދުކެނޑިއްޖެ ޚަބަރު | 2 މަސް ކުރިން