logo
ޚަބަރު

އދ ގައި ރާއްޖެ އަކީ ހަގު ޤައުމެއް ނޫން، ފަޚުރުވެރި ތާރީޚެއް އެބަ އޮތް - ސަފީރު

އަޙްމަދު ޒަލީފް
26 ސެޕްޓެމްބަރު 2024 - 08:58
އދ ގައި ރާއްޖެ އަކީ ހަގު ޤައުމެއް ނޫން، ފަޚުރުވެރި ތާރީޚެއް އެބަ އޮތް -  ސަފީރު

ރާއްޖެ އަކީ އދ.ގައި ހަގު ގައުމެއް ނޫން ކަމަށާއި، ރާއްޖެ އަކީ ވަރަށް ފަހުރުވެރި ތާރީހެއް އޮތް ޤައުމެއް ކަމަށް ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަޢުލަތުގެ މީޑިޔާއިން ގެނެސްދިން "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ މިނިވަނަ މުސްތަގިއްލުކަމަށް ޝައްކު އުފައްދާނެ އެއްވެސް ގޮތެއް މިހާރު ނޯންނާނެކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ބައިނަލަގްވާމީ ގޮތުން ގައުމުތަކުން ބަލައިގަންނަ ގައުމެއްކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަޢްމަދު މުޢިއްޒުހެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވަނީ ރާއްޖެއާއި ދިވެހި ރައްޔިތުންނަށްކަމަށެވެ. ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ވަރަށް ހާމަކަން ބޮޑު ސިޔާސަތެއް ރައީސް ގެންގުޅުއްވާކަމަށާއި، އިޙްތިރާމް ދީ އިޙްތިރާމް ހޯދުމަކީ ރާއްޖެ ބަލާގޮތްކަމަށްވެސް ސަފީރު ވިދާޅުވިއެވެ. އެއްވެސް ގައުމަކުން ރާއްޖެއިން ބަލާ ރަތް ރޮނގު ހުރަސްނުކުރާހާ ހިނދު ރާއްޖެއާ އޮންނަ ގުޅުން އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި އެހެން ގައުމުތަކުގެ ހާރިޖީ ސިޔާސަތާ ހުރި ތަފާތުތަކަށް އަލިއަޅުއްވާލައްވާ ސަފީރު ވިދާޅުވީ، އެންމެ ބޮޑު ތަފާތަކީ ރާއްޖޭ ހިފަހައްޓަމުން އަންނަ ސިޔާސަތުތަކާއި އަސާސްތަކުން އެއްވެސް އިރެއްގައި ބޭރުނުވެ ހިފަހައްޓާކަމެވެ.

"މިހާރު ގެންގުޅޭ ހާރިޖީ ސިޔާސަތަކީ އެންމެ ކުޑަކޮށް ތަރައްގީވެފަ އޮތް ގައުމެއްގޮތުގައި ފަށައިގެން އައިސް މާލަސްތަކެއް ނުވެ މެދުފަންތީގެ ގައުމުތަކުގެ ތެރެއިން އެންމެމަތީ ހަރުފަތުގައި ހިމެނޭ އެއް ގައުމެއްގެ ހައިސިއްޔަތައް ރާއްޖެއަށް އާދެވުނު އިރު އަދި ހުރި ގޮންޖެހުންތަކުގެ އަލީގައި ސައްތައިން ސައްތަ ދުނިޔޭގެ މުސްލިމް ދެގައުމުގެ ތެރެއިން އެއް ގައުމަށްވެ، ބައިނަލަގްވާމީ ވަރަށް މުހިންމު ބައެއް އަސާސްތަކުގައި ވަރުގަދައަށް ހިފާ އެހެން ބައެއް އަސާސްތަކުގާ ކުރިޔަށް ނިކުމެގެން ވަކަލާތުކުރާ ގައުމައެއްގެ ހައިސިއްޔަތު އޮތް ގައުމަކަށް ވީހިނދު އެންމެ ލޮނު ހެޔޮވަރު ޚާރިޖީ ސިޔާސަތެއް" ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔަހޫދީންގެ ހަމަލާތައް މިފަހަރު އަމާޒު ކުރީ އެހީދޭ ޖަމާޢަތްތަކަށްޚަބަރު | 15 ދުވަސް ކުރިންއދގެ ޤަރާރަށް ހަ މަސް، ޤަތުލްޢާންމު އަދިވެސް ކުރިއަށް World | 4 މަސް ކުރިންއދ.ގެ އަންހެނުންގެ ކޮމިޝަނަށް ރާއްޖެ އިންތިހާބު ވުމަކީ ފަޚުރެއް: ރައީސް ޚަބަރު | 5 މަސް ކުރިންޣައްޒާގައި އުންރުވާ ހަރަކާތްތެރިވުން މަނާކުރުމާއެކު، އދގެ ސަލާމަތީ މަޖިލީހުގައި ހިތްހަމަ ނުޖެހުންތަކެއްދުނިޔެ | 7 މަސް ކުރިން