logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާމެޗު ބޯމަތިވެފައިވަނިކޮށް ޑެމްބެލޭ އަދި ޑޫއޭ އަށް އަނިޔާވެ ޕީއެސްޖީ ރަތަށް

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2025 - 13:41
ބާސާމެޗު ބޯމަތިވެފައިވަނިކޮށް ޑެމްބެލޭ އަދި ޑޫއޭ އަށް އަނިޔާވެ ޕީއެސްޖީ ރަތަށް

ޕެރިސް ސެއިންޓް ޖަރމޭން (ޕީއެސްޖީ) ގެ ތަރި ކުޅުންތެރިން ކަމަށްވާ ޑެސިރޭ ޑޫއޭ އަދި އުސްމާން ޑެމްބެލޭ ފްރާންސް ގައުމީ ޓީމުގައި ކުޅެނިކޮށް އަނިޔާވުމާ ގުޅިގެން، ކްލަބުގެ މެނޭޖްމަންޓުން ހތްހަމަ ނުޖެހުން ފާޅުކޮށް ސިޓީއެއް ފޮނުވައިފިއެވެ. މި ސިޓީގައި ފްރާންސްގެ ގައުމީ ޓީމާ ޕީއެސްޖީ އާދެމެދު ގުޅުން ރަނގަޅުކުރުމަށް އެދިފައިވެއެވެ.

މި ދެ ކުޅުންތެރިންނަށް އަނިޔާވީ ހުކުރު ދުވަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގ މެޗުގައި ޔުކްރެއިނާ އާ ދެކޮޅަށް ކުޅެނިކޮށެވެ. ޕީއެސްޖީ އަށް ފުރަތަމަ ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށް، ބެލަންޑީއޯ ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑު ޑެމްބެލޭ އަށް 6 ހަފްތާ ކުޅުމާއި ދުރުގައި ހުންނަންޖެހޭއިރު، ޑޫއޭ އަނިޔާ އާއި ގުޅިގެން 4 ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަންޖެހޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަނިޔާ އާއި ގުޅިގެން ޕީއެސްޖީއަށް މިވަނީ ފޫނުބެއްދޭވަރުގެ ގެއްލުމަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ސެޕްޓެމްބަރ 17 ގައި އެޓަލާންޓާ އާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގް މެޗާއި އޮކްޓޯބަރ 1 ގައި ބާސެލޯނާ އާ ދެކޮޅަށް ކުޅޭ މެޗުގައި މި ދެ ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައި.އެފް.އެފް.އެޗް.އެސް އިން ހޮވި 2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ޓީމު އިއުލާންކޮށްފިކުޅިވަރު | 2 މަސް ކުރިންއެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޑެމްބެލޭ ކާމިޔާބުކުރިއިރު، އެންމެ މޮޅު ފޯވާޑްގެ އެވޯޑް ޔަމާލް އަށްކުޅިވަރު | 2 މަސް ކުރިންފީފާގެ މިއަހަރުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ޑެމްބެލޭއަށްކުޅިވަރު | 2 މަސް ކުރިންބެލަންޑޯ ލިބުމާއެކު ޑެމްބެލޭ މުސާރަ ބޮޑުކުރަން އެދެފިކުޅިވަރު | 4 މަސް ކުރިން