logo
ޚަބަރު

ރައީސް އަވަހާރަކޮށްލާނެކަމަށް ބުނެ ދިން އިންޒާރު ޕީއެންސީ އިން ކުށްވެރިކޮއްފި

އާމިނަތު އަނާތު ތަލްޢަތުއާމިނަތު އަނާތު ތަލްޢަތު
26 ސެޕްޓެމްބަރު 2024 - 10:30
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ޖަލްސާއެއްގައި ---ފޮޓޯ/ ޕީއެންސީ
ރައީސުލްޖުމްހޫރިއްުޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕީއެންސީގެ ޖަލްސާއެއްގައި ---ފޮޓޯ/ ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮއްލާނެކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ދިން އިންޒާރު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން އެފަދައިން ބުނީ، ، ރޭ، އދ. ގެ ސަލާމަތީ މަޖިލީހުގައި ރައީސް ތަގުރީރުކުރައްވާ ވީޑިޔޯއަކަށް ކުރި ކޮމެންޓެއްގައި، "އަބްލޯ މިޔާދް ޔޫސުފް" ނަމަކަށް ކިޔާ ފޭސްބުކް އެކައުންޓަކުން ރައީސް މަރާލާނެ ކަމަށް ބުނެ ދިން އިންޒާރާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަން ކުށްވެރިކުރަމުން ރައީސް އެޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުޢިއްޒު އަވަހާާރަކޮށްލާނެކަމަށް ބުނެ ސޯޝަލް މީޑިޔާގައި މީހަކު އިންޒާރުދިން މައްސަލައާމެދު އެ ޕާޓިން ކަންބޮޑުވުުން ފާޅުކުރާ ކަމަށެވެ. އަދި ރައީސްގެ ފުރާނަފުޅަށް ގެއްލުންވާނެ ފަދަ ޢަމަލެއް ހިންގާނެކަމަށް ބުނެ ދިން އިންޒާރު އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރިކުރާމަށް އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

ރައީސްގެ ފުރާނަކޮޅަށް ނުރައްކާވާނެފަދަ ޢަމަލެއް ހިންގާނެކަމަށް ވަރަށް ފާޅުގައި މީހަކު ބުނެފައިވާތީ، އެ މައްސަލައަކީ ދައުލަތުގެ ތަހުޤީޤީ އިދާރަތަކުން ޚާއްސަ އިސްކަމެއްދީގެން ބަލަންޖެހޭ މައްސަލައެއްކަމަށާޢި، އެ މައްސަލާގައި އެކަށީގެންވާ ހަލުވި ތަހުޤީޤެއް ހިންގުމަށް ޤާނޫނު ތަންފީޒުކުރާ ތަހުޤީޤީ އިދާރާތަކަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

އަދި ރައީސްގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރުކުރުމުގެ ޒިންމާ އޮތް ދައުލަތުގެ އިދާރާތަކުން އެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތަށް ކުރިއަށްގެންދާނެ ކަމާމެދު އެ ޕާޓީން ޝައްކެއް ނުކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ރައީސް އަށް މަރުގެ އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ނޮޅިވަރަމް ދާއިރާ އަށްޚަބަރު | 4 މަސް ކުރިންޕާޓީގެ ބޭނުމަށް މަޢުލޫމާތު ހޯދަން މެސެޖުކުރާ ވާހަކަ ޕީއެންސީން ދޮގުކޮށްފިޚަބަރު | 6 މަސް ކުރިންޕީއެންސީގެ ދަފްތަރާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިންމެންބަރު ޒިޔާދަށް ނޭނގި ފުރި ފޯމް ބާތިލްކޮށްފިން، ފިޔަވަޅު އަޅާނަން: އީސީޚަބަރު | 8 މަސް ކުރިން