logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ނޮޅިވަރަމް ދާއިރާ އަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 މޭ 2025 - 18:27
ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ނޮޅިވަރަމް ދާއިރާ އަށް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިސް ވަފުދެއް ނޮޅިވަރަމް ދާއިރާގެ ރައްތަކަށް ފުރައިފިއެވެ.

ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕާޓީގެ ލީޑަރޝިޕްގެ ފަރާތުން ނޮޅިވަރަމް ދާއިރާއަށް ދަތުރެއް ފަށާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޓީމްގައި ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މުއާޛް ހަލީމާއި، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލާއި، ޕީއެންސީގެ ސެނެޓަރ އެލްޖީއޭގެ ސީއީއޯ ނިމާލްގެ އިތުރުން ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.

މައުލޫމާތު ލިބޭގޮތުގައި މި ދަތުރަކީ ޕާޓީގެ މެމްބަރުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އަޑުއަހައި ހާލު ބެލުމަށް ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުފުޅުގެ ދަށުން ފައްޓަވާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

މިވަގުތު ވެރިކަމުގައި ތިބި ޕީއެންސީ އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.

ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ. މިއީ ޕީއެންސީ އަށް ވަރަށް ތާއީދު ބޮޑު ދެ ރަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ޕީއެންސީގެ ސަޕޯޓަރުންނަށް ކޮށްދެވޭނެ އެންމެ އަގުބޮޑު ޚިދުމަތަކީ ބައިބައިނުވެ ރައީސް ދެވަނަ ދައުރަކަށް ހޮވަން މަސައްކަތްކުރުން''ޚަބަރު | 3 ދުވަސް ކުރިންބަޔަކު ދައްކާހާ ވާހަކަޔަކަށް ޕީއެންސީ ނުގުޑާނެ: އަބުދުއްރަހީމްޚަބަރު | 7 ދުވަސް ކުރިންމިއޮތީ އެމްޑީޕީގެ ވެރިކަމުގައި އުތީމު ލަތީފްބެއަށް ދިން އަނިޔާ، ނަޝީދު އެއިރު އިންނެވީ ތާކިހާ އަޅުއްވައިގެންޚަބަރު | 7 ދުވަސް ކުރިންކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 9 ދުވަސް ކުރިން