logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ އައު އޮފީސް: ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރާ!

ޒިދާން މުޙައްމަދު
8 ޖެނުއަރީ 2026 - 16:45
ޕީއެންސީގެ އައު އޮފީސް: ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރާ!

ފޮޓޯ: ރައީސް ޑރ. މުއިއްޒު މިރޭ ޕީއެންސީގެ އޮފީސް ހުޅުއްވައި ދެއްވަނީ. --- ކަވަރ ފޮޓޯ ކްރެޑިޓްސް: ވަގުތު ނޫސް

 

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ގާއިމުކުރި އެންމެ ހައިބަތު ބޮޑު އިދާރީ އޮފީސް، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިރޭ ހުޅުވައިފިއެވެ.

ޕީއެންސީގެ އައު އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. އައު އޮފީސް ހުޅުވާފައި ވަނީ ކުރިންވެސް އެ ޕާޓީގެ އޮފީސް ހިންގި އިމާރާތުގައެވެ. އައު އޮފީސް ހުޅުވާފައި ވަނީ ބޮޑެތި މަރާމާތުތަކާއި ބަދަލުތަކާ އެކުގައެވެ.

އަލަށް ހުޅުވި އޮފީސް ކުރީގެ އޮފީހަށްވުރު ބޮޑުވެ ޖާގަ ތަނަވަހެވެ.

މީގެ ކުރިން އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން ވެސް އިދާރީ ކަންކަމާއި ސިޔާސީ ހަރަކާތް ހިންގުމަށް ބޭނުންކުރި ހަރުގެ ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ.

އެ ތަން ބޮޑުކޮށް ހަތަރު ފަންގިފިލާއަށް ވަނީ އުސްކޮށްފައެވެ.

އެ ތަން ބޮޑުކުރުމަށް ޓަކައި އެ ސަރަހައްދުގައި މީގެ ކުރިން ހުރި ތޫމް ކެފޭ ވެސް ވަނީ ބަދަލުކޮށްފައެވެ.

އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ޖަގަހައިގެ ފާރުގައި ބޮޑު އެލްއީޑީ ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ޕްރޮމޯޝަނަލް ކޮންޓެންޓް ދެއްކުމަށް ހަރުކޮށްފައިވާ ސްކްރީނެކެވެ.

ބެލެވޭ ގޮތުގައި ބޮޑެތި ޚަރަދުތަކެއްކޮށްގެން ތައްޔާރުކުރި މި އޮފީސް އިމާރާތް ވާނީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިހާތަނަށް ހެދި އެންމެ ބޮޑު އޮފީހަށެވެ.

އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރިކޮށްދެއްވާފައިވާއިރު ރަސްމިއްޔާތުގައި ކޮންގްރެސް ޕާޓީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

އަދި އެ ޕާޓީގެ މެމްބަރުންނާއި ޕާޓީއަށް ހެޔޮއެދޭ ގިނަ ބަޔަކުވެސް ވަނީ މި ރަސްމިއްޔާތަށް ހާޒިރުވެފައެވެ.

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވައްޓާލުމަށްފަހު، ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި މި ވަގުތު 74،048 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮފުޅުކަމަށް ދެއްކެން ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު ބޮޑުކުރި، ނަމަވެސް ފައިސާ ނުދެވުނު: ޝުޖާއުޚަބަރު | 19 ގަޑިއިރު ކުރިންހަގީގަތް އޮޅޭގޮތަށް ވާހަކަ 'ޓްވިސްޓް' ކުރަން މަސައްކަތް ނުކުރައްވާ: މިނިސްޓަރު ސައީދުޚަބަރު | 2 ދުވަސް ކުރިންއަސާސީ ބޭނުންތަކަށް ތަކެތި ގެނައުމަށް ޑޮލަރު ވިއްކި މިންވަރު ފުރަތަމަ ކުއާޓަރުގައި %142 އިތުރުވެއްޖެޚަބަރު | 2 ދުވަސް ކުރިންރައީސަށް ދޮގު ތުހުމަތުކުރާ ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން 'އަދަދު' ނޫހުގެ އޮފީސް ބަލާފާސްކުރަނީޚަބަރު | 2 ދުވަސް ކުރިން