logo
ޚަބަރު

ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި 11 ސުކޫލަކުން ބައިވެރިވަނީ

އަޙްމަދު ޒަލީފް
8 ސެޕްޓެމްބަރު 2025 - 07:58
ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި 11 ސުކޫލަކުން ބައިވެރިވަނީ

ޗައިނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަތަރު ދުވަހުގެ "ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް 2025" ގައި ބައިވެރިވުމަށް ރާއްޖޭގެ 11 ސްކޫލެއްގެ ދަރިވަރުން އަންގާރަ ދުވަހު އެ ގައުމަށް ފުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ޗައިނާގެ ސަގާފަތާއި ތާރީހާ ގުޅޭ ގިނަ މައުލޫމާތުތަކެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި އެ ގައުމުގައި ރާއްޖޭގެ ސަގާފަތް ދަރިވަރުންނަށް ދައްކާލުމަށް ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޕްރޮގްރާމްގައި 11 ސްކޫލަކުން ޖުމްލަ 12 ދަރިވަރުން ބައިވެރިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެން ދަރިވަރުންނާއި, ހަ ފިރިހެން ދަރިވަރުންނެވެ.

ތައުލީމީ ވުޒާރާއިން މައުލޫމާތުދެއްވާގޮތުގައި މި ޕްރޮގްރާމުގެ ތެރޭގައި ދަރިވަރުންނަށް ޗެންގުއާ ޕްރައިމަރީ ސްކޫލާއި، ސަންސިންގްޑޫއީ މިއުޒިއަމް ގެ އިތުރުން ޑުޖިއާންޖިއަން ރިސާޗް ސެންޓާ ފޯ ޖަޔަންޓް ޕަންޑާސްއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން ޗައިނާގެ ސަގާފީ ޙަރަކާތްތައް ބަލާލުމުގެ ފުރުޞަތުވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗައިނާ ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި 11 ސުކޫލަކުން ބައިވެރިވަނީ ޚަބަރު | 6 ދުވަސް ކުރިންޗައިނާއިން ދިވެހި ކަނޑުމަހުން ދަޅުމަސް އުފައްދައިފި ޚަބަރު | 2 މަސް ކުރިން