logo
މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިއްޖެBank of Maldives

Bank of Maldives

ޚަބަރު

ރައްޔިތުންނަށް އިހްލާސްތެރި ވެރިޔަކީ ހަމައެކަނި ރައީސް މުއިއްޒު: ނަރީޝް

އައިމިނަތު މޫސާ
8 ސެޕްޓެމްބަރު 2025 - 15:59
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް / ފޮޓޯ: މެންދުރުޓީވީ
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް / ފޮޓޯ: މެންދުރުޓީވީ

ދިވެހިރާއްޖޭގައި ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު އަމާޒުތަކަކަށް ތަރުތީބުކޮށްގެން މަސައްކަތް ކުރާ ވެރިއެއްގެ ގޮތުގައި ހަމައެކަނި ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް، އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ "މެންދުރުޓީވީ"ގެ މައުޟޫ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެއެވެ. މި ސަރުކާރުން ދެ ދައުރު ރައީސް މުއިއްޒު ފުރުހަމަ ކުރައްވާނެކަން ފާހަގަ ކުރައްވާ ނަރީޝް ވިދާޅުވީ, ރައްޔިތުން ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ރައްޔިތުން އަމިއްލައަށް ދެއްވާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިސަރުކާރުގެ އުންމީދަކީ ދިވެހި ރައްޔިތުންނަށްވި ހުރިހާ ވައުދެއް, ރައީސް ވިދާޅުވާ ގޮތަށް ފުއްދަވާދެއްވާ ރައްޔިތުންނަށްވި ވައުދު ސީދާކުރުމަށްޓަކައި, ސަރުކާރުން ރެއާއި ދުވާލު މަސައްކަތް ކުރުންކަމުގައި ނަރީޝް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވީ ދަތި އުނދަގޫ ދުވަސްތަކެއްގައި ކަމުން، އެކަމުން އަރައިގަތުމަށްޓަކައި ރައްޔިތުންގެ ހައްގުގައި ދަނީ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2028 ވަނަ އަހަރު ވެރިކަން ބަދަލުކުރުމުގެ ފުރުސަތު ލިބޭއިރު، މަގު މައްޗަށް ނުކުމެ ވެރިކަން ވައްޓާލަށް މަސައްކަތް ކުރަނީ ކީކުރަން، ރައްޔިތުންނަށް ވަގުތު ދީގެން މިސަރުކާރަށް ވަގުތު ދީގެން ތިބެލައްވަންވީނު، ޑިމޮކްރޮސީގެ ރީތި އުސޫލާއި އެއްކޮށް، މިހާ ބޮޑަށް ތެޅި ފޮޅިގަނެގެން މިހާ އަވަހަށް ވެރިކަށް ބަދަލު ނުވެގެން މި ތެޅިބޭލެނީ އެންމެ ސަބަބެއް އޮވެގެން ކަން އަޅުގަނޑުމެންނަށް ސާފުވޭ މިކަން ކުރާނެ ކަން. ލިޔެފައި މިދެނީ އަޅުގަނޑުމެން ސާފުކޮށް މިބުނަނީ އަޅުގަނޑުމެން މިކަން ކުރާނެކަން، މިކަން ކޮށްފަ ދަންކާނީ. އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް

ނަރީސް ވިދާޅުވީ މި ސަރުކާރުން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ ނަތީޖާ ފެނިގެންދާކަމަށާއި ހިތްހަމަ ޖެހޭ މިންވަރަށް ކާމިޔާބުތައް ލިބެމުންދާ ކަމަށެވެ.

އެމްޑީޕީން ހެޔޮ ވެރިކަމެއް ކުރި ނަމަ 2023 ވަނަ އަހަރު ވެސް ވެރިކަމަށް ވަޑައިގަންނަވާނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޟާލިހްކަމަށް ނަރީސް ވިދާޅުވިއެވެ. އެމްޑީޕީން ވެރިކަން ކާމިޔާބު ނުވި ހިސާބުން އެ ޕާޓީން ބުނަމުން އައީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކުރި ކަންތައްތައް ތަކެއްގެ ސަބަބުން އެ ޕާޓީއަށް ވެރިކަން ގެއްލުނީކަމަށާއި، ކުރީގެ ރައީސް ޟާލިހް ރައްުޔިތުންނަށްޓަކައި މަސައްކަތްތަކެއް ކުރެއްވިނަމަ ރައްޔިތުން އުފަލުން ދެ ވަނަ ދައުރަކަށް ޟާލިހް ހޮވީސް ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެމްޑީޕީއާ މެދު ރައްޔިތުންގެ ހިތްހަމަ ނުޖެހުންތަކެއް އައިސްފައިވަނީ ރައްޔިތުންގެ މުހިއްމު ކަންކަން އެ ޕާޓީގެ ވެރިކަމުގައި ކޮން ނުދެވުނީމައިކަން ފާހަގަ ކުރައްވާ ނަރީޝް ވަނީ، ރާއްޖޭއިން ބޭރުގައި ތައުލީމު ހާސިލު ކުރާ ދަރިވަރުންނަށް ތައުލީމު ހާސިލްކުރުމަށް ފަހު އެބުރި ރާއްޖެއައިސް ވަޒީފާގެ ފުރުސަތު ނުލިބުންކަން ފާހަގަ ކުރައްވާފައެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ވަތަނީ ޚިދުމަތް: ގައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު މަސައްކަތެއްރިޕޯޓް | 2 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ" އުފައްދަވައިފި ޚަބަރު | 3 ދުވަސް ކުރިންރައީސުލްޖުމްހޫރިއްޔާ، "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" އުފައްދަވައިފިޚަބަރު | 3 ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާ ތައިލެންޑުގެ ބޮޑުވަޒީރަށް ތައުޒިޔާ ވިދާޅުވެއްޖެޚަބަރު | 3 ދުވަސް ކުރިން