logo
ޚަބަރު

ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ދެއްވަން ވަޑައިނުގަތް ސަބަބު ނަރީޝް ކިޔައިދެއްވައިފި

ޢައްފާން މުޙައްމަދު
9 ސެޕްޓެމްބަރު 2025 - 03:38
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް -- ފޮޓޯ/ މެންދުރު ޓީވީ
އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް -- ފޮޓޯ/ މެންދުރު ޓީވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ތިއްބެވި އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝްއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ޝުއާއުﷲ ސައީދު، ހެކިބަސް ދެއްވަން ވަޑައިނުގަތް ސަބަބު، ނަރީޝް ހާމަކުރައްވައިފިއެވެ.

"މެންދުރު ޓީވީ"ގެ "މައުޟޫ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަރީޝް ވަނީ، އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ބައެއް ވާހަކަފުޅުތައް ވެސް ދޮގުކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ، އެ މައްސަލައިގައި ހެކިބަސް ދެއްވަން ނަރީޝް އަށް "ހުއްދަ ނޯންނާނެ" ކަމަށާއި، ނަރީޝް އެމަނިކުފާނަށް ގުޅުއްވައި، "ކަނޑައެޅިގެން ތިމަންނައަށް ނުދާން ރައީސް މުއިއްޒު ތިމަންނަ ގޮސްގެން ނުވާނޭ ވިދާޅުނުވާހާ ހިނދަކު ތިމަންނަ ދާނަމޭ ހެކިބަސް ދޭން" ވިދާޅުވި ކަމަށެވެ. އަދި "ރައީސް މުއިއްޒު ތިމަންނަ ކައިރީގައި ނުދާށޭ ވިދާޅުވި ނަމަވެސް ތިމަންނަ ދާނަމޭ" ޝުއާއު ވިދާޅުވިކަމަށް ވެސް އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭގޮތުން "މައުޟޫ" ޕްރޮގްރާމުގައި ކުރިމަތިކުރި ސުވާލަށް ޖަވާބުދެއްވަމުން ނަރީޝް ވަނީ، މި މައްސަލައިގައި ވާހަކަދެއްކެވުމަށް ރައީސް ޔާމީނަށް ކުރެއްވި ފޯނު ކޯލެއް ނީންނާކެމަށް، ވަރަށް ޔަގީންކަމާއެކު ވިދާޅުވެފައެވެ.

އަޅުގަނޑު ބެޓުކޮށްފަ މިތާ އިނދެ ބުނަން ކެރޭނެ، ޗެލެންޖުކޮށްފަ ބުނަން ކެރޭނެ، އަޅުގަނޑު ރައީސް ޔާމީނަށް ގުޅި ފޯނު ކޯލެއް ނީންނާނެ. އަޅުގަނޑަށް ރައީސް ޔާމީން ގުޅާފަ މިސްކޯލަކަށް އެބަހުރި ކޯލުތައް. އަޅުގަނޑަށް ޑރ. ޖަމީލް ގުޅާފަ މިސްކޯލަށް އެބަހުރި ކޯލުތައް. އަޅުގަނޑު ރައީސް ޔާމީނަށް ގުޅާފަ އަޅުގަނޑު ހެކިބަސްދޭން ދާނަމޭ ވިދާޅުވި ވަގުތެއް، ވިދާޅުވި ގަޑީއެއް ރައީސް ޔާމީން ވިދާޅުވެދެއްވާ. އަޅުގަނޑަށް ރައީސް މުއިއްޒު ގުޅުއްވާފަކާ ހެކިބަސް ދޭން ވެސް ނުދޭން ވެސް ނާންގަވާ. އެއީ އަޅުގަނޑުގެ އަމިއްލަ ޕާސަނަލް ޑިޒިޝަނެއް. އަޅުގަނޑާ ޝުއާއުއާ އެއްތާކު ތިބެގެން އަޅުގަނޑުމެން ދެ މީހުން އަމިއްލައަށް ނިންމި ޑިޒިޝަނެއް - އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް

ހެކިބަސް ނުދެއްވަން ނިންމެވި ނިންމެވުމަކީ އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއްކަމަށް ނަރީޝް ވިދާޅުވުމުން، އެ ނިންމެވުން ނިންމެވީ ކޮން ކަމަކަށް ރިއާޔަތްކުިރައްވާފައިތޯ އަހައި ކުރި ސުވާލަށް ވެސް ނަރީޝް ވަނީ މި ޕްރޮގްރާމުގައި ޖަވާބުދެއްވާފައެވެ.

ފުރަތަމަ މައްސަލައިގައި އަޅުގަނޑު ހަމަ އެނގޭ މައްސަލައެއްގައި އަޅުގަނޑު ދިޔައީ. ދެވަނަ މައްސަލައަކީ އަޅުގަނޑަށް އެނގޭ މައްސަލައެއް ނޫން. އަޅުގަނޑަށް ވެސް ޝުއާއުއަށް ވެސް އެނގޭ މައްސަލައެއް ނޫން ދެވަނަ މައްސަލައަކީ. އެހެންވީމަ ދެވަނަ މައްސަލައިގައި އަޅުގަނޑާ ހަމައަށް އައިމަވެސް އަޅުގަނޑު ދެންނެވިން އަޅުގަނޑަށް އެނގޭ މައްސަލައެއް ނޫންވީމަ އަޅުގަނޑު ތީގެ އެއްވެސް، ތި މުއާމަލާތުގެ އެއްވެސް ހަނދާނެއް އަޅުގަނޑު ނެތީމަ އަޅުގަނޑު ހެކިބަސްދޭން ދާން އުޒުރުވެރިވަމޭ. ހެކިބަހަކީ އަޅުގަނޑު އަތްމަތީގައިި އޮންނަ އެއްޗެއް. އަޅުގަނޑު ދާން ބޭނުންވެއްޖެއްޔާ ދެވެން އޮންނަނީ. ދެން އަޅުގަނޑަށް އޭގެ ހުރިހާ ކަމެއް ސާފު ނުވާ މައްސަލައެއްގައި ހެކިބަސްދޭން ދާން އަޅުގަނޑު ބޭނުން ނުވީ. އެހާ ސާފުކޮށް އަޅުގަނޑު ދެންނެވިން ހަމަ ކޯޓަށް ފޮނުވި ސިޓީގައި އަޅުގޑު ވަރަށް ސާފުކޮށް ލިޔެފަ އިންނާނެ އެހެން - އެޑްވައިޒަރ ޓު ދަ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އަޙްމަދު ނަރީޝް

މި މައްސަލައިގައި ނަރީޝްގެ ހެކިބަހަކީ ހުކުމަށް އަސަރުކުރާވަރުގެ ހެކިބަހެއްކަން ނޭނގޭ ކަމަށާއި، ކަމުގެ ހަގީގަތް އެނގޭތީ، މީގެކުރިން ކޯޓުގައި ބެލި މައްސަލައެއްގައި ހެކިބަސް ދޭން ވަޑައިގަންނަވާފައިވާނެކަން ނަރީޝް ފާހަގަކުރެއްވިއެވެ.

ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހެކިންގެ ގޮތުގައި މި ދެ ހެކި ހުށަހެޅުއްވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ދެއްވަން ވަޑައިނުގަތް ސަބަބު ނަރީޝް ކިޔައިދެއްވައިފިޚަބަރު | ދުވަހެއް ކުރިންރައްޔިތުންނަށް އިހްލާސްތެރި ވެރިޔަކީ ހަމައެކަނި ރައީސް މުއިއްޒު: ނަރީޝްޚަބަރު | 2 ދުވަސް ކުރިންކުރީގެ ވަޒީރު މަޙްލޫފް، އެމްޑީޕީން ވަކިވެވަޑައިގެންފިޚަބަރު | 2 ދުވަސް ކުރިންޔާމީން ދެއްކި ކެންޑިޑޭޓަށް ލިބުނީ 10 ވޯޓު، މެމްބަރުކަން ލިބުނީ ޔާމީންގެ ފޮޓޯ ދައްކައިގެނެއްނޫން: ހަމީދުޚަބަރު | 11 ދުވަސް ކުރިން