logo
Bank of Maldives

Bank of Maldives

ޚަބަރު

ނޫސްވެރިކަމުގެ ނިވަލުގައި ރައީސް އޮފީހުގެ ހުރުމަތް ކެނޑި މީހުންނަށް ދައުވާ ކުރަންޖެހޭ: ޝަކީލް

ނޫސްވެރިކަމުގެ ނިވަލުގައި ރައީސް އޮފީހުގެ ހުރުމަތް ކެނޑި މީހުންނަށް ދައުވާ ކުރަންޖެހޭ: ޝަކީލް

ނޫސްވެރިންކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރުމަތް ކެނޑި ފަރާތްތަކާ ދެކޮޅަށް ދައުވާ ކުރެވެންޖެހޭ ކަމަށް ހައްޖު ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ޝަކީލް ވިދާޅުވީ ނޫސްވެރިކަމުގެ ފާހުގެ ނިވަލުގައި ދައުލަތުގެ އެންމެ މަތީ އެއް އިދާރާގެ ތެރެއަށް ވަންނަން ފުރުސަތު ހޯދައިގެން ސިޔާސީ އެކްޓިވިސްޓުން އުޅޭ ގޮތަށް އުޅޭ ބަޔަކު ޝަރުއީ ކޯޓުތަކުގެ އަމުރަށް ގޮންޖަހައި ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގެންފައިވާ ކަމަށެވެ. އެއީ ޑީމޮކްރެސީއެއް ނޫން ކަމަށާއި ޤާނޫނު އަސާސީންނާއި އިސްލާމީ ޝަރީއާއިން ވެސް އެއްވެސް ބަޔަކަށް ލިބިދީފައިވާ ހައްގުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަކީލް އިތުރަށް ވިދާޅުވީ ގައުމުގެ ވީދިފައިވާ އިޖުތިމާއީ ފޭރާން އިއާދަކުރުމަށް މިފަދަ މީހުންނާ ދެކޮޅަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެންޖެހޭ ކަމަށެވެ.

މިނިވަން ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ، އިސްލާމްދީނާއި ޤާނޫނުގެ ޙުދޫދުތަކުގެ ތެރެއިން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުވެސް މީގެ ކުރިން ވަނީ, އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.

މީޑިއާގެ މިނިވަންކަން ޒިންމާދާރުގޮތުގައި ހުދޫދުން ބޭރުނުވާގޮތަށް ހިފުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތެއް ކޮށް ޑޮކިއުމަންޓްރީއެއް ހެދި މައްސަލާގައި ފުލުހުން ވަނީ ކޯޓުއަމުރެއްގެ ދަށުން އޮންލައިން ނޫހެއްގެ އޮފީސް ބަލާފާސްކޮށްފައެވެ. އެތަން ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚަތިމުގައި އަތްލައި ހުވާވެސްކޮށްފާނަން؛ ރައީސް މުއިއްޒާ ދެކޮޅަށް ފަތުރާ ވާހަކަތަކަކީ ބުހުތާނު ދޮގު: ފަލާހް ޚަބަރު | މަހެއް ކުރިންނޫސްވެރިކަމުގެ ނިވަލުގައި ރައީސް އޮފީހުގެ ހުރުމަތް ކެނޑި މީހުންނަށް ދައުވާ ކުރަންޖެހޭ: ޝަކީލްޚަބަރު | 2 މަސް ކުރިންދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމެވުމަށް ޕީއެންސީން މަރުހަބާ ކިޔައިފިޚަބަރު | 2 މަސް ކުރިންފުރުޞަތު ނުދިނުމަކީ ބާރުވެރިކަމުގެ ނިޝާނެއް ނޫން؛ އެއީ ބަލިކަށިކަމުގެ ހެއްކެއް!ރިޕޯޓް | 3 މަސް ކުރިން