logoEN
ޚަބަރު

ކެމިކަލް ގުދަންތައް ފާސްކުރަން ޚާއްސަ އޮޕަރޭޝަނެއް

ގުދަނެއްގައި ކެމިކަލް ރައްކާކޮށްފައި - ފޮޓޯ ދަ އެޑިޝަން

ގުދަނެއްގައި ކެމިކަލް ރައްކާކޮށްފައި - ފޮޓޯ ދަ އެޑިޝަން

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

26 ސެޕްޓެމްބަރު 2024 - 13:34

ކެމިކަލް ގުދަންތައް ބަލާ ފާސްކޮށް އެތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ދިފާޢީ ވުޒާރާއިން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރިޔަށް ގެންދާ މި އޮޕަރޭޝަނުގައި ކެމިކަލް ގުދަންކޮށްފައި ހުންނަނީ ޤަވާއިދާ އެއް ގޮތަށްތޯވެސް ބަލާނެއެވެ. "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ކުރިއަށްގެންދާ މި އޮޕަރޭޝަނުގައި އާއްމުން މިކަމަށް އިސްކަންދޭ މިންވަރުވެސް ބަލާނޭ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ކެމިކަލް ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް ފަރާތްތަކުން ޤަވާއިދާ ޚިލާފުވާކަމަށް އެ ވުޒާރާއަށް ޝަކުވާ ހުށައަޅާކަމަށްވެސް ދިފާޢީވުޒާރާއިން ބުނެއެވެ.

ދިވެހިރާއްޖެއަށް އެކިބޭނުންތަކުގައި އެތެރެކުރާ ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަދިނުމާއި، އެފަދަ ކެމިލްތައް ގުދަންކޮށް ރައްކާކުރުމަކީ ދިފާއީ ވުޒާރާއިން ރެގިއުލޭޓްކުރާ ކަމެކެވެ.

މިއީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާ ކުރެެއްވުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ކުރައްވަވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަ ކޮށްފަތަންފީޒު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. ދިފާއީ ވުޒާރާއިން ވަނީސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން މުޖްތަމައުގެ ދުޅަހެޔޮކަމާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮތުން މުއައްސަސާތަކުގެ މެންޑޭޓުގެ ތެރެއިން ކުރެވެންހުރި ކަންކަން ފާހަގަކޮށްފައެވެ. އަދި އެފަދަ ކަންކަމާއިމެދު އަމަލީގޮތުން ކުރެވެންހުރި އެންމެހާ ކަންކަން ކުރުމަށް ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެވުޒާރާއިން ވަނީ ބުނެފައެވެ

މިކަމަކީ ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަންފީޒު ނުކުރެވޭ ކަމެއް ނަމަ މި ފަދަ ކަންކަމަކީ އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތަކަށް ދިވެހި ރައްޔިތުން ހުށައެޅިގެން ދާ ދޮރެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ކޮމެންޓް

871x217_placeholder