logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާއީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
8 ޖެނުއަރީ 2025 - 10:09
އިންޑިއާއާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން
އިންޑިއާއާއެކު ކުރިއަށްދިޔަ މަޝްވަރާތަކުގެ ތެރެއިން

އިންޑިއާއާއެކު ދިފާއީ ގުޅުން ބަދަހިކުރަން މަޝްވަރާކޮށްފިއެެވެ.

ދިފާއީ ވަޒީރު، ޣައްސާން މައުމޫން އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ދިފާއީ ވަަޒީރު، ޝްރީ ރަޖްނަތު ސިންގް އާއެކު ބޭއްވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ދިފާއީ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންތައްތަކާމެދު ވަނީ މަޝްވަރާތައް ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންފަހުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ އަސްކަރިއްޔާގެ އިސް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފަހަކަށް އައިސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް، ޑރ. އެސް ޖައިޝަންކަރު އާއި ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި، އިންޑިއާގެ ހިލޭއެހީއާއި، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާގޮތާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތަރައްޤީގައި އިންޑިއާގެ އިސްދައުރު ފާހަގަކޮށް، އިޤްތިސާދީ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެއްވިއެވެ.

ހަމައެޔާއެކު، ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ ޑރ. ޚަލީލް ޝުކުރު އަދާކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެޚަބަރު | 2 ގަޑިއިރު ކުރިންއައިއެމްސީޓީސީން ރާއްޖޭގައި ދެ އަސްކަރީ ޕްރޮގްރާމެއް އިފްތިތާހްކޮށްފިޚަބަރު | 3 މަސް ކުރިންވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން ޚަބަރު | 4 މަސް ކުރިންތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | 6 މަސް ކުރިން