logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާޢީ ވަޒީރު ދެއްވަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން!

ޒިދާން މުޙައްމަދު
22 މާރިޗު 2026 - 15:44
މިނިސްޓަރ ޣައްސާން މަޢުމޫން
މިނިސްޓަރ ޣައްސާން މަޢުމޫން

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސްކަރީގޮތުން އެއްވެސް ނުރައްކަލެއް ނެތްކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ވަނީ ދެއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދިފާޢީ ވަޒީރު ޣައްސާން ވިދާޅުވީ، ހަނގުރާމަ ފެށުނު ދުވަހުން ފެށިގެން ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަޙައްދާއި އެނޫން އެއްވެސް ތަނެއް އެއްވެސް ޤައުމަކަށް ނުދޭގޮތަށް ނިންމި ނިންމުމާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް މިދނަޑިވަޅުގައި އަސްކަރީގޮތުން ނުރައްކަލެއް އޮތްކަމަކަށް ނުފެންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ، ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް އެދުނީ ކޮން ގައުމުތަކަކުންތޯ ސުވާލުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ގައުމުތަކާއެކު ކުރެވޭ އެފަދަ މުޢާމަލާތްތަކަކީ ގައުމުތަކުގެ އިޒުނައާއެކު ނޫނީ ހާމަކުރާ މައުލޫމާތުތަކެއް ނޫން ކަމަށެވެ. ރާއްޖެއާ އެކި ޤައުމުތަކާއެކު އޮންނަ ގުޅުންތަކަކީ އިޚްތިރާމްއާއެކު އޮންނަ ގުޅުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ދަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ވައިގެ ސަރަޙައްދު ބެލެހެއްޓުމަށް ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެއްވެސް ބަޔަކަށް ޣައިރު ޤާނޫނީ އެއްވެސް ކަމެއް ކުރުމުގެ ފުރުޞަތު ނުދޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިފާޢީ ވަޒީރު ދެއްވަނީ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް އަސްކަރީގޮތުން ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން!ޚަބަރު | ގަޑިއިރެއް ކުރިންވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެޚަބަރު | މަހެއް ކުރިންވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން ޚަބަރު | 5 މަސް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި ޚަބަރު | 10 މަސް ކުރިން