logo
Bank of Maldives

Bank of Maldives

ޚަބަރު

ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން

އާމިނަތު ޝަފާ
3 ނޮވެމްބަރު 2025 - 04:28
ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން

ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ނަޞްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ޣައްސާންގެ ވާހަކަފުޅުގައި، ޤައުމީ ފެންވަރެއްގައި ނަޞްރުގެ ދުވަސް ފާހަގަކުރެއްވުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވާފައި ވާތީ އެކަމަށް ޝުކުރު އަދާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ދިވެހި އަސްކަރިއްޔާއަށް އަޅާނުލެވި އޮތްއޮތުން ނިމުމަކަށް ގެނެސްދެއްވީ ރައީސް މުޢިއްޒުކަމަށެވެ.

އަދި ޒަމާނުންސުރެ ދިވެހި އަސްކަރިއްޔާއަށް އަޅާނުލެވި އޮތް އޮތުން ނިމުމަކަށް ގެންނަވައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލުގެ ހިމާޔަތުގައި ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީވެސް ރައީސް މުއިއްޒުކަމަށް ޣައްސާން ވިދާޅުވިއެވެ.

އަހަރެއްހާ ދުވަހުގެ ތެރޭގައި ހަރުދަނާ ދިފާއީ ސިޔާސަތެއް ބިނާކުރުމަށް ކުރެވިފައިވާ މަސައްކަތްޕުޅުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ އެގޮތުން ގައުމީ ހިދުމަތުގެ ޕްރޮގްރާމު ފެއްޓެވުމާއި، ޝަހީދުންގެ މަތިން ހަނދާން އައުކުރައްވައި އިނާޔަތް ދެއްވުމާއި އަދި ދިވެހި ސިފައިންގެ އަސްކަރީ ގާބިލިއްޔަތު އިތުރުކުރުމަކީ މުހިންމުކަންކަންކަމަށް ވިދާޅުވެފައެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު 3 ގައި ދިވެހި ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނުގެ މައްޗަށް ނަޞްރު ހޯދީ ދިވެހި ސިފައިންކަމަށް ވަޒީރު ވިދާޅުވިއެވެ.

 ރާއްޖޭގެ ވެރިކަން އަތުލައިގަތުމަށް ދުޝްމަނުން ދިން މިޢުދުވާނީ ހަމަލާ ނާކާމިޔާބުވި ދުވަސް ރާއްޖޭގެ ނަޞްރުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 1989 ނޮވެމްބަރު 3 ވަނަ ދުވަހުން ފެށިގެންނެވެ.

ދިވެހިންގެ 6 ޚާއިނުން، ލަންކާގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިން 19 ދިވެއްސަކު ޝަހީދުކޮށްލާފައިވެއެވެ. އެއީ ސިފައިންގެ ތެރެއިން ޝަހީދުވީ 8 ބޭފުޅުންނާއި އަދި ޢާންމުންގެ ތެރެއިން ޝަހީދުވީ 11 ބޭފުޅުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެޚަބަރު | 3 ގަޑިއިރު ކުރިންވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން ޚަބަރު | 4 މަސް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި ޚަބަރު | 9 މަސް ކުރިންދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤުޚަބަރު | 10 މަސް ކުރިން