logo
Bank of Maldives

Bank of Maldives

ޚަބަރު

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި

އާމިނަތު ޝަފާ
2 ޖޫން 2025 - 07:24
އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު، ރިޗާޑް މާލްސް، ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅަކީ 2 ޖޫންއިން ފެށިގެން 5 ޖޫންގެ ނިޔަލަށް ދެކުނު އަދި ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ދިވެހިރާއްޖެ، ސްރީލަންކާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅަކީ އިންޑޯ-ޕެސިފިކް ސަރަޙައްދުގައި ޑިޕްލޮމެޓިކް އަދި ދިފާޢީ ގުޅުންތައް ބަދަހިކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަމުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ. ދިވެހިރާއްޖެ އަދި ސްރީލަންކާއަށް ކުރައްވާ ޒިޔާރަތުގައި، ދެ ޤައުމުގެ މިނިވަންކަމާއި ޤާބިލިއްޔަތު ތަރައްޤީކުރުމަށް އޮސްޓްރޭލިއާއިން ދެމުންދާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑޯ-ޕެސިފިކް ސަރަޙައްދުގެ އަވައްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުމަށް އޮސްޓްރޭލިއާއިން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އަންނަކަމަށާއި ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކޮށް، ސުލްހަވެރި، ރައްކާތެރި، ސަރަޙައްދެއް ގާއިމުކުރުމަށް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ބޮޑުވަޒީރުގެ ނައިބު ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ ދެވަނަ ބެޗަށްވެސް ވަޒީފާ ހޯދައިދޭނެޚަބަރު | 2 ގަޑިއިރު ކުރިންވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ދިފާއީ ގާބިލުކަމަށް އިސްކަންދެއްވީ ރައީސް މުޢިއްޒު: ވަޒީރު ޣައްސާން ޚަބަރު | 4 މަސް ކުރިންއޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު ރާއްޖެ ވަޑައިގެންފި ޚަބަރު | 9 މަސް ކުރިންދިފާޢީ ބާރުގެ އަސްކަރީ ޤާބިލުކަން އިތުރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅަށް ޝުކުރު ޙައްޤުޚަބަރު | 10 މަސް ކުރިން