logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާޢީގޮތުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި

އާމިނަތު ޝަފާ
14 ފެބްރުއަރީ 2025 - 04:52
ދިފާޢީގޮތުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފި

ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން އިންޑިއާއާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްދިޔައީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމް އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ސަންޖޭ ސެތްއާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާރު އިންޑިއާގައި ކުރިއަށްދާ "އެއިރޯ އިންޑިއާ 2025"ގެ ހަވާސާގައި ބޭއްވި މި ބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާ ގުޅިގެން ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ދިފާއީ ވުޒާރާއިން ހާމަކުރެއެވެ.

ވުޒާރާއިން ބުނީ މި ބައްދަލުވުމުގައި، ސްޓޭޓް މިނިސްޓަރ މުޢާޒު ޙަލީމާއި އިންޑިއާގެ ޔޫނިއަން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސްގެ އިތުރުން، ޤައުމީ ދިފާޢީ ބާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ޤައުމީ ދިފާޢީ ބާރުގެ މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީއާއި ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައިވާ ޑިފެންސް އެޑްވައިޒަރ، ކާނަލް އަމާނުﷲ އަޙްމަދު ރަޝީދު ބައިވެރިވެވަޑައިގެންނެވިކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތުރުކީން ހަދިޔާކުރި މަނަވަރު ޤައުމީ ދިފާޢީ ބާރާއި ރަސްމީކޮށް ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިންތުރުކީން ހަދިޔާކުރި އަސްކަރީ މަނަވަރު ރާއްޖެއަށް ގެނެސްފިޚަބަރު | 3 މަސް ކުރިންވަޠަނީ ޚިދުމަތުގެ ތަމްރީނުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުން އިތުރު ސަރަޙައްދުތަކުގައި ފަށައިފި ޚަބަރު | 4 މަސް ކުރިންހުއްދަ ނެތި ހިންގާ އެވިއޭޝަން ސެކިއުރިޓީ ކޯސްތަކުގެ ސެޓްފިކެޓް ބަލައި ނުގަންނާނެ: ދިފާއީ ވުޒާރާޚަބަރު | 4 މަސް ކުރިން