logo
Bank of Maldives

Bank of Maldives

ޚަބަރު

އެއްބަސްވުންތަކުގައި ރާއްޖެއަށް ގެއްލުންވާގޮތަށް ހުރި މާއްދާތައް މިދަނީ އިސްލާހު ކުރަމުން: ދިފާއީ ވަޒީރު

އެއްބަސްވުންތަކުގައި ރާއްޖެއަށް ގެއްލުންވާގޮތަށް ހުރި މާއްދާތައް މިދަނީ އިސްލާހު ކުރަމުން: ދިފާއީ ވަޒީރު

ދިވެހިރާއްޖެއިން އިންޑިއާއާ އެކު ހަދާފައިވާައިވާ އެއްބަސްވުންތަކުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ގެއްލުންވާ ގޮތަށް ހުރި މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުވާ ގޮތަށް އެއްބަސްވުންތައް ބަދަލު ކުރެވިފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ޑިފެންސް މިނިސްޓްރީގެ ޒިންމާގެ ދަށުން އިންޑިއާއާ އެކު އޮތީ ހަތަރު އެއްބަސްވުމެއް. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އުތުރުތިލަފަޅުގައި އަސްކަރީ މަރުކަޒެއް އިންޑިއާގެ އެހީގައި ހަދަން ގާއިމްކޮށްފައިވާ އެއްބަސްވުން," ޣައްސާން ވިދާޅުވި އެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ މާއްދާތައް ހުރި ކަމަށް މި ސަރުކާރުގެ ބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ވަރަށް ގިނައިން ވިދާޅުވެފައިވާ ކަން ފާހަގަކޮށް، މިނިސްޓަރު މިއަދު ވިދާޅުވީ އެ މާއްދާތައް އިސްލާހު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ ހައިޑްރޯގްރެފިކް އެއްބަސްވުން ފިޔަވައި، ބާކީ ހުރި އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން ސީދާ އެ މަނިކުފާނު އިންޑިއާގެ އިސްވެރިންނާ ވާހަކަ ދައްކަވައިގެން މިހާރު ހައްލުކޮށްފައިވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތެލުގެ ރިޒާވް ޤާއިމްކުރުމަށް މާލެ ސަރަޙައްދުގެ 2 ފަޅެއް، އަންނަ ހަފުތާގެ ތެރޭގައި ސަރވޭ ކުރަން ފަށާނެ: މިނިސްޓަރޚަބަރު | މަހެއް ކުރިން ދިފާޢީ ވަޒީރު ޙަސަންއާއި ގުޅޭގޮތުން އެނގެނީ ކިހާވަރަކަށް؟ރިޕޯޓް | 2 މަސް ކުރިންކެބިނެޓަށް ބޮޑު ބަދަލެއްޚަބަރު | 2 މަސް ކުރިންއޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑަށް ޚަބަރު | 6 މަސް ކުރިން