logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭގެ ކުރިއެރުމަށް ޒަމާންތަކަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ކޮށްދީފައިވޭ: ރައީސް

ޢައްފާން މުޙައްމަދު
9 ސެޕްޓެމްބަރު 2025 - 06:13
ރާއްޖޭގެ ކުރިއެރުމަށް ޒަމާންތަކަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުން ކޮށްދީފައިވޭ: ރައީސް

ދިވެހިރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް، ޒަމާންތަކަކަށް ދެމިހުންނާނެ ޚިދުމަތްތަކެއް ޕޯސްޓުގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސްގެ ޕޯސްޓުގައި، ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފަައިވާޚަން ފާހަގަކުރައްވާފައެވެ.

މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ރައީސް ވަނީ ފޮނުއްވާފައެވެ.

ރާއްޖޭގައި އެންމެފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. ޕޯސްޓް އޮފީހެއް ހުޅުވަން މެދުވެރިވި މައިގަނޑު ސަބަބަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު މުވާސަލާތު ކުރެވޭނެ ނިޒާމެއް އޮތުން މުހިންމުކަމަށް އޭރު އޮތް ދިވެހި ސަރުކާރަށް ވިސްނުމެވެ.

ޕޯސްޓް އޮފީހުގައި އޭރު އެންމެ ފުރަތަމަ ބޭނުންކުރީ ސިލޯނުގެ 25 ސެންޓް ސްޓޭމްޕްގައި މޯލްޑިވްސް ޖަހައިގެންނެވެ. ޕޯސްޓް އޮފީހުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ސްޓޭމްޕެއް ބޭނުންކުރީ 1909 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީހެއް ޤާއިމުކޮށްފައިވަނީ 1994 ވަނަ އަހަރުގައެވެ. މިއޮފީސްތަކާއެކު އަތޮޅުތަކަށް ދެމުންދިޔަ ޕޯސްޓްގެ ޚިދުމަތުގެ ޑެލިވަރީވަނި އަވަސްވެފައެވެ.

ޕޯސްޓްގެ ޚިދުމަތް ފުޅާވެ، ޚިދުމަތްދޭ ފަރާތްތަކުގެ ޢަދަދު އިތުރުވުމާއެކު ސަރުކާރުންވަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ނަމުގައި 100 އިންސައްތަ ސަރުކާރު ހިއްސަވާ ކުންފުންޏެއްގެ ގޮތުގައި ޕޯސްޓްގެ ޚިދުމަތް ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 15 ގަޑިއިރު ކުރިންބޭރުގެ އިގްތިސާދީ ލޮޅުންތަކުގެ ނާޒުކުކަން ރާއްޖެއަށް އިންތިހާއަށް ބޮޑު: ރައީސްޚަބަރު | ދުވަހެއް ކުރިންފަހު ދިހައިގެ ދުވަސްތަކަށް ސަރުކާރު ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިންޕީއެންސީގެ ކޮންގްރެސް އޮކްޓޫބަރު މަހު ޚަބަރު | 3 ދުވަސް ކުރިން