logo
Bank of Maldives

Bank of Maldives

ދުނިޔެ

ޖެންޒީންގެ މުޒާހަރާތަކާއެކު ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ޢައްފާން މުޙައްމަދު
9 ސެޕްޓެމްބަރު 2025 - 09:34
ޖެންޒީންގެ މުޒާހަރާތަކާއެކު ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފި

ނޭޕާލްގައި ޖެންޒީ އިން ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވައި ބޮޑުވަޒީރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް އެމަނިކުފާނުގެ އިސްތިއުފާއާއިއެކު ހައްލު ލިބިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، މިހާރު ޒުވާނުންގެ ގޮވާލުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަނާ މެދު ނުރުހޭ ކަމަށް ބުނެ، މިހާރު އޮތް ސަރުކާރުގެ އިސްތިއުފާއަށް ވެސް ދަނީ ގޮވާލަމުންނެވެ.

ފާޙަގަކޮށްލަންޖެހޭ ގޮތުގައި ބޮޑުވަޒީރު އިސްތިއުފާދެއްވާފައި މިވަނީ، އެ ގައުމުގެ ރައީސްއާއި ސިޔާސީ މައިދާނުގައި އިސް ސަފުގައި ހަރަކާތްތެރިވާ ސަރުކާރުގެ ބައެއް ފަރާތްތަކުގެ ގެދޮރަށް، މުޒާހަރާގެ ބައިވެރިން ހަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.

ނޭޕާލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވެއެވެ. އެ މުޒާހަރާތަކާ ގުޅިގެން ސަރުކާރުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރަން ނިންމި ނިންމުން ބަދަލުކޮށްފައެވެ. އަދި ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.

އެ މައްސަލައިގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް މިއަދުވެސް ކަތަމަންޑޫގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދުރާ ޕުޑެލްގެ އަމިއްލަ ގެކޮޅުގައި ރޯކޮށްފައެވެ. އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައުންޓް އެވަރެސްޓްގައި ހާލުގައި ޖެހުނު 350 މީހުން ސަލާމަތްކޮށްފިދުނިޔެ | 2 މަސް ކުރިންޖެންޒީންގެ މުޒާހަރާތަކާއެކު ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފިދުނިޔެ | 3 މަސް ކުރިންނޭޕާލްގައި ފެންބޮޑުވެ 100 މީހުން މަރުވެއްޖެWorld | އަހަރެއް ކުރިން