logo
Bank of Maldives

Bank of Maldives

ދުނިޔެ

މައުންޓް އެވަރެސްޓްގައި ހާލުގައި ޖެހުނު 350 މީހުން ސަލާމަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
6 އޮކްޓޯބަރު 2025 - 04:15
މައުންޓް އެވަރެސްޓްގައި ހާލުގައި ޖެހުނު 350 މީހުން ސަލާމަތްކޮށްފި

ނޭޕާލްގެ އެވަރެސްޓް އެވަރަސްޓް ފަރުބަދައިގައި ހިނގި މޫސުމީ ހާދިސާއިން 350 އަށްވުރެ ގިނަ ފަތުރުވެރިން ސަލާމަތްވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ސަރުކާރު މީޑިއާއިން އާދީއްތަ ދުވަހު ރިޕޯޓުކުރި ގޮތުގައި، އެވަރެސްޓް ފަރުބަދައިގެ ޓިބެޓް ސަރަޙައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ބަންދުވެފައިވާ 350 އަށްވުރެ ގިނަ މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުނިޔޭގެ އެންމެ އުސް ފަރުބަދައަށް އަރާ މައިގަނޑު މަގުތަކުގެ ތެރެއިން އެއް މަގު ކަމުގައިވާ ޓިބެޓްގެ ޓިންގްރީ ސަރަޙައްދުގައި އާދަޔާ ޚިލާފަށް ބޯކޮށް ފޭބި ސްނޯއާއި ވެހުނު ވާރޭގެ ސަބަބުން ޖުމްލަ 500 އަށްވުރެ ގިނަ މީހުން ބަންދުވެފައިވެއެވެ.

ސީސީޓީވީން ރިޕޯޓުކުރި ގޮތުގައި އާދީއްތަ ދުވަހު ސަލާމަތްކުރެވުނު މީހުން ގެންދެވިފައިވަނީ އެވަރެސްޓްގެ ޓިބެޓް ފަރާތުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ޤުދަންގ އަށެވެ.

އާދީއްތަ ދުވަހާ ހަމައަށްވެސް ނުރައްކާތެރި ޙާލަތުގައި ބަންދުވެފައިވާ 200 އެއްހާ ފަތުރުވެރިން ސަރުކާރުން އިންތިޒާމުކުރި ސަލާމަތްކުރާ ފަރާތްތަކުގެ އެހީތެރިކަމާއެކު މަރުޙަލާތަކަކަށް ބަހާލައިގެން ޤުދަންގ އަށް ގެންދެވޭނެ ކަމަށް ސީސީޓީވީން ރިޕޯޓުކޮށްފައިވެއެވެ.

ފަތުރުވެރިންނާއެކު ދަތުރުކުރި ލޯކަލް ގައިޑުންނާއި އެހެނިހެން މުވައްޒަފުންގެ މަޢުލޫމާތު ސީސީޓީވީގެ ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ. އަދި އެވަރެސްޓްގެ އުތުރު ފަރާތުގައިވާ ޓިބެޓްގެ ސަރަޙައްދުގައި ތިބި ފަތުރުވެރިންނަށް މި ހާދިސާގެ އަސަރުކޮށްފައިވޭތޯވެސް ސާފުވެފައެއް ނުވެއެވެ.

މި ވާދީގައި (އެވްރެޖްކޮށް 4،200 މީޓަރު ނުވަތަ 13،800 ފޫޓުގެ އުސްމިނުގައި) ބޯކޮށް ސްނޯ ފައިބަން ފެށީ ހުކުރު ދުވަހުގެ ރޭގަނޑުއެވެ. އަދި މި ޙާލަތު ހޮނިހިރު ދުވަހުގެ ނިޔަލަށްވެސް ދެމިގެން ދިޔައެވެ.

ޓިންގްރީ ކައުންޓީ ޓުއަރިޒަމް ކުންފުނީގެ ރަސްމީ ވީޗެޓް އެކައުންޓުގައި ޝާއިޢުކޮށްފައިވާ އިޢުލާނުތަކުގައިވާ ގޮތުން، ހޮނިހިރު ދުވަހުގެ ފަހު ވަގުތުތަކުން ފެށިގެން މުޅި އެވަރެސްޓް ސީނިކް އޭރިއާގެ ޓިކެޓް ވިއްކުމާއި ވަނުން ވަނީ ހުއްޓާލާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައުންޓް އެވަރެސްޓްގައި ހާލުގައި ޖެހުނު 350 މީހުން ސަލާމަތްކޮށްފިދުނިޔެ | 2 މަސް ކުރިންޖެންޒީންގެ މުޒާހަރާތަކާއެކު ނޭޕާލުގެ ބޮޑުވަޒީރު އިސްތިއުފާދެއްވައިފިދުނިޔެ | 3 މަސް ކުރިންނޭޕާލްގައި ފެންބޮޑުވެ 100 މީހުން މަރުވެއްޖެWorld | އަހަރެއް ކުރިން