logo
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ޢަބްދުﷲ ޞާދިޤް ކާމިޔާބު ކުރައްވައިފިBank of Maldives

Bank of Maldives

ޚަބަރު

ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

އައިޝަތު ނަޝާ
29 މާރިޗު 2026 - 10:14
ނޭޕާލްގެ އައު ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ނޭޕާލްގެ އައު ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް، އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ޙަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ހޫނު މަރުޙަބާއެއް ދަންނަވައި، ތަހުނިޔާ ފޮނުއްވައިފިއެވެ.

ނޭޕާލްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، އެޤައުމުގެ ގިނަ އަދަދެއްގެ ޒުވާނުންގެ ބައިވެރިވުމާއެކު އަދި އިޞްލާޙީ ބަދަލުތަކަށް މަގުފަހިކުރުމަށް ގޮވާލައި ގެނެވުނު ބަދަލުގެ ތެރެއިން މިމަހު ކުރީކޮޅު ބޭއްވި ޢާންމު އިންތިޚާބުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އިންތިޚާބަކީ ނޭޕާލްގެ ދިމިގުރާތީ ދަތުރުގައި އެޤައުމުގެ ރައްޔިތުން އުންމީދުކުރާފަދަ ހަމަޖެހުމާއި ތަރައްޤީގެ އައު ބާބެއް ފެށިގެންދާނެ އިންތިޚާބެއް ކަމުގައި ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޭޕާލަކީ ދިވެހިރާއްޖޭގެ ވަރަށް މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެކުނު އޭޝިއާ ސަރަޙައްދުގައި ހުރި އެކިއެކި ގޮންޖެހުންތައް ޙައްލުކުރުމުގައި ދެޤައުމުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުންތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ

. އަދި، ރާއްޖެއާއި ނޭޕާލާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ސަރަޙައްދީ ގޮތުންނާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިތުރަށް ގުޅުން ބަދަހިކުރެއްވުމަށް ނޭޕާލް ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެމަނިކުފާނު ފާޅުކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅު ނިންމަވާލައްވަމުން، ނޭޕާލްގެ ބޮޑުވަޒީރަށް ފުރިހަމަ ސިއްޙަތަކާއި އުފާފާގަތިކަމަށާ، އެޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ކުރިއެރުމާއި ދުޅަހެޔޮކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަޝާދު ނިޔާވުމާ ގުޅިގެން ރައީސްގެ ތަޢުޒިޔާޚަބަރު | 3 ގަޑިއިރު ކުރިންތިމާވެށީގެ ކަންކަމުގައި ރާއްޖެއަކީ ގޮތްހުސްވެފައި އޮންނަ ގައުމެއް ނޫން: ރައީސްޚަބަރު | 7 ގަޑިއިރު ކުރިންކުޅިވަރުތައް ނަމާދަށް މެދުކަނޑާލުމާއި ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭގޮތް ހެދުމަށް އެ ތިން ރައީސުން ގަޔާނުވަނީތަ؟ރިޕޯޓް | 7 ގަޑިއިރު ކުރިންތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ކޮންމެ އަހަރަކު 7 މިލިއަން ރުފިޔާ ގްރީން ފަންޑުން ޚަރަދު ކުރަނީޚަބަރު | 8 ގަޑިއިރު ކުރިން