logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޒިދާން ފްރާންސްގެ ޤައުމީ ޓީމާއި ހަވާލުވަނީ

އަބްދުﷲ ޣާނިމް
9 ސެޕްޓެމްބަރު 2025 - 15:52
ޒިދާން ފްރާންސްގެ ޤައުމީ ޓީމާއި ހަވާލުވަނީ

ފްރާންސްގެ އެންމެ މަޝްހޫރު ކުޅިވަރު ނޫސް ކަމުގައިވާ "ލެކިޕް" އިން ހާމަކޮށްފައިވާ ގޮތުގައި 2026 ވަނަ އަހަރު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕަށްފަހު ފްރާންސް ޓީމުގެ ކޯޗަކަށް ޒިނެދިން ޒިދާން ހަވާލުވުމަށް ފްރާންސް އެފްއޭއިން މިހާރު ވަނީ ނިންމާފައެވެ.

ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ވަނީ ޒިދާން އަކީ އެމަގާމަށް އެންމެ އެކަށީގެންވާ ކޯޗު ކަމުގައި ނިންމާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 "ޒިދާން މިހާރު ވަނީ ޑެޝަމްޕްސްގެ ފަހަތުން އެމަގާމަށް އައުމަށް ތައްޔާރުވަމުންނެވެ. ގިނަ ކުޅުންތެރިން އޭނާގެ ދަށުން މަސައްކަތް ކުރުމަށް ބޭނުންވާކަން އޭނާއަށް އެނގެއެވެ،" ލެކިޕް އިން ބުނެފައިވެއެވެ.

ޒިދާން މިހާރުވެސް ވަނީ ފްރާންސްގެ ކުރީގެ ކޯޗު ލޯރަން ބްލާންކް އާއި ވާހަކަ ދައްކައި، 2010 އިން 2012 އަށް އޭނާ ފްރާންސް ޓީމު ކޯޗުކަން ކުރި ދުވަސްވަރުގެ ތަޖުރިބާތައް ހޯދާފައެވެ. މީގެ އިތުރުން ޒިދާން މިހާރުވެސް ފްރާންސްގެ ލީގު 1 އާއި ޔޫރަޕިއަން މުބާރާތްތަކުގެ މެޗުތައް ބަލައި، އެކަންކަން ނޯޓުކުރަމުން ގެންދާ ކަމަށްވެސް ލެކިޕް އިން ބުނެފައިވެއެވެ.

2021 ވަނަ އަހަރު ރެއަލް މެޑްރިޑް ދޫކޮށްލުމަށްފަހު އެއްވެސް ޓީމެއް ކޯޗުކޮށްފައި ނުވި ނަމަވެސް، ޒިދާންގެ ކޯޗިންގ ފެންވަރާމެދު އެއްވެސް ސުވާލެއް ނެތެވެ. ރެއަލް މެޑްރިޑްގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ވަނީ ތިން ޗެމްޕިއަންސް ލީގު ތަށި ޖެހިޖެހިގެން ހޯދައިދީފައެވެ. މިއީ މިހާތަނަށް ފުޓްބޯޅަ އެއްވެސް ކޯޗަކަށް ހޯދިފައިނުވާ ކާމިޔާބީއެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 ގޯލު ފެނުނު މެޗުގައި ސަކާގެ ހެޓްރިކާއެކު އިންގްލަންޑްއަށް ލޯމެޑަލްކުޅިވަރު | 15 ދުވަސް ކުރިންފްރާންސްގެ ކޯޗުކަމާ ޒިދާން ސެޕްޓެމްބަރު އެކެއްގައި ހަވާލުވަނީކުޅިވަރު | 15 ދުވަސް ކުރިންއެމްބާއްޕޭގެ ރީތި ދެ ގޯލާއެކު ފްރާންސް ވޯލްޑްކަޕް ފެށުން ވަރުގަދަކޮށްފިކުޅިވަރު | 2 މަސް ކުރިން10 ކުޅުންތެރިންނާއެކު ކުޅުނު ފްރާންސް ބްރެޒިލްއަތުން މޮޅުވެއްޖެކުޅިވަރު | 4 މަސް ކުރިން