logo
MPL

MPL

ޚަބަރު

މުހައްމަދު މޫސާމުހައްމަދު މޫސާ
10 ސެޕްޓެމްބަރު 2025 - 18:08
ދިވެހިންނަށާއި ގައުމަށް އެންމެ ބޮޑުގެއްލުމެއްދިނީ އެމްޑީޕީގެ ވެރިކަންތަކުގައި: މުހައްމަދު އިސްމާއީލް

ޑިމޮކްރަސީގެ ތެރެއިން އުފެދިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން ދިވެހިންނަށާއި ދިވެހި ގައުމަށް އެންމެ ބޮޑަށް އަނިޔާވެރިވެ، އެންމެ ބޮޑު ގެއްލުން ލިބިގެން ދިޔައީ އެމްޑީޕީގެ ދެ ދައުރުގެ ވެރިކަމުގައި ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރެއްގެ ހައިސިއްޔަތުން މުހައްމަދު އިސްމާއީލް މި ވާހަކަތައް ދައްކަވާފައިވަނީ ބުދަ ދުވަހުގެ ރޭ އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުހައްމަދު އިސްމާއީލް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ދައުލަތުގެ މުއައްސަސާތަކަށް ހުޅުޖަހައި، ރައްޔިތުންގެ އެތައް ލިޔެކިޔުމެއް އަންދާލައި، ގައުމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން މިއަދުވެސް ހެކިވާނެ، އެމްޑީޕީގެ ވެރިކަމުގައި ދިވެހި ގައުމަށް ލިބުނު ގެއްލުންތަކުގެ ބޮޑުކަން،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިހާރުވެސް އެމްޑީޕީން ރައްޔިތުން މަގުމައްޗަށް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ވަނީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވުމަށް ދިވެހި ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ.

މުހައްމަދު މިފަދައިން ވިދާޅުވެފައިވާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެމްޑީޕީން ވަނީ މުޅި ރާއްޖޭގައި މުޒާހަރާކޮށް، ފުލުހުންގެ އިމާރާތްތަކާއި، ކޯޓުތަކާއި ސަރުކާރުގެ އިދާރާތަކާއި އަދި އާންމުންގެ މުދަލުގައި ހުޅުޖަހައި ބޮޑު ޖަރީމާއެއް ހިންގާފައެވެ. އަދި 2015 މެއި މަހުގެ އެއްވަނަ ދުވަހު ''މޭޑޭ''ގެ ނަމުގައި އެމްޑީޕީން އިސްވެ ބޭއްވި މުޒާހަރާއަކީ ވެސް ގައުމަށް އެކިގޮތްގޮތުން ގެއްލުން ބޮޑު މުޒާހަރާއެކެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިރާސާއެއް ނެތި އެމްޑީޕީން ކިޔެވުން އަހަރުގެ މެދަށް ބަދަލުކުރުމުން މައިންބަފައިންނަށް ލިބުނީ ބޮޑު ތަކުލީފެއް: ލަތީފްޚަބަރު | 2 ދުވަސް ކުރިންއިމްރާންގެ ''ޓަކާ ޓަކާ''ގައި ޖެހި އެމްޑީޕީ މިތިބީ ހަތަރު އަނގޮޅިއެއްގައި: ނަޝީދުޚަބަރު | 4 ދުވަސް ކުރިންއީގަލް ހިލްސް މަޝްރޫއު އެމްޑީޕީއަށް ވެސް ކަމުދޭ, ކޮންގްރެސްގައި އެވާހަކަ ދައްކައިފިޚަބަރު | މަހެއް ކުރިންޕީއެންސީގެ ކޮންގްރެސްއާ ޗެލެންޖުކުރަން އުޅެ އެމްޑީޕީން ހޭވީ ބޮޑު ހަޑިއެއްޚަބަރު | މަހެއް ކުރިން