logo
Bank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރު ބާއްވާ ކެމްބްރިޖް އިމްތިޙާނުތަކުގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

އައިމިނަތު މޫސާ
11 ސެޕްޓެމްބަރު 2025 - 06:00
އަންނަ އަހަރު ބާއްވާ ކޭމްބްރިޖް އިމްތިޙާނުތަކުގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފި

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނު ގެ "ނޯމަލް އެންޓްރީ" ގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އެގްޒަމިނޭޝަނުން ބުނީ އަންނަ އަހަރުގެ ފެބްރުވަރީ އަދި މާޗް ގައި"ނޯމަލް އެންޓްރީ" އަށް އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލައިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިމްތިޙާނުތަކުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން 2025 ސެޕްޓެންބަރު 14 ވާ އާދީއްތަ ދުވަހުން ފެށިގެން 2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ކުރިއަށް ގެންދާނެއެވެ.

އެގްޒަމިނޭޝަނުން ބުނީ ފޯމް ބަލައިގަތުމާއި ދޫކުރުން ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ވެސް ހެދުނު 08:30 އިން މެންދުރު 13:30 އަށެވެ.

އެޕްލިކޭޝަން ފޯމު، އެ ޑިޕާޓްމަންޓްގެ ވެބްސައިޓް (www.dpe.edu.mv) އިން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް info@dpe.edu.mv އަށް މެއިލް ކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރު ބާއްވާ ކޭމްބްރިޖް އިމްތިޙާނުތަކުގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފިޚަބަރު | 7 މަސް ކުރިން