logo
Bank of Maldives

Bank of Maldives

ޚަބަރު

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މަރިޔަމް މާޙީ
19 މޭ 2026 - 10:13
މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި

މިއަހަރުގެ ފެބުރުއަރީ އަދި މާޗު މަހު ބޭއްވި ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އަދި އޯލެވެލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އިން ހާމަކުރި ގޮތުގައި، މިއަދު މެންދުރު 12:00 އިން ފެށިގެން ދަރިވަރުންނަށް ނަތީޖާ ދޫކުރަން ވަނީ ފަށާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އިމްތިހާނުގައި އަމިއްލަ ގޮތުން ބައިވެރިވި ކެނޑިޑޭޓުންގެ ނަތީޖާ ދޫކުރަމުންދާނީ ޑީޕީއީ އިންނެވެ. އެ އިދާރާ މިހާރު ހިންގަމުންދަނީ ކުރިން އިއްޒުއްދީން ސްކޫލް ހިންގި އިމާރާތުގައެވެ. އަދި ސްކޫލްތަކުގެ ފަރާތުން އިމްތިހާނުގައި ބައިވެރިވި ދަރިވަރުންނަށް ނަތީޖާ ދޫކުރަމުންދާނީ އެ ދަރިވަރަކު އިމްތިހާނު ހެދި ސްކޫލަކުންނެވެ.

ޑީޕީއީ އިން އިތުރަށް ބުނެފައިވަނީ، މިއަދުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 13:30 އާ ހަމައަށް ނަތީޖާ ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މިއަހަރު ދެ ބެޗުގެ ދަރިވަރުން އޯލެވެލް އިމްތިހާނުގައި ބައިވެރިވާނެއެވެ. އެގޮތުން ފެބުރުއަރީ އަދި މާޗު މަހު ބޭއްވި އިމްތިހާނުގައި އެއް ބެޗުގެ ދަރިވަރުން ސާނަވީ ތައުލީމު ނިންމާލައިފައިވާއިރު، ދެވަނަ ބެޗުގެ އިންތިހާނު އޮންނާނީ އޮކްޓޯބަރު އަދި ނޮވެންބަރު މަހުގައެވެ.

މިއީ ދިރާސީ އަހަރުގެ ފެށުން ޖެނުއަރީ މަހަށް ބަދަލު ކުރުމަށް ސަރުކާރުން ނިންމުމާ ގުޅިގެން މި އަހަރަށް ނެގެވުނު ބަދަލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންމޭއި/ޖޫން އިމްތިހާނުގައި އަމިއްލަ ގޮތުން 1،200 އަށްްވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެޚަބަރު | 13 ދުވަސް ކުރިންއަންނަ އަހަރު ބާއްވާ ކޭމްބްރިޖް އިމްތިޙާނުތަކުގެ "ނޯމަލް އެންޓްރީ" އެޕްލިކޭޝަނަށް ހުޅުވާލައިފިޚަބަރު | 8 މަސް ކުރިން